ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފީފާގެ ރައީސްކަމަށް އަންހެނަކު ނެރުމަށް ބްލެޓާ ގޮވާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ ރިޔާސީ އިންތިހާބުގައި، މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި ނޯވޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ލީސާ ކްލާވެނެސްގެ ނަން ކުރިއަށް ނެރުމަށް ފީފާގެ ކުރީގެ ރައީސް ސެފް ބްލެޓާ ހުށަހަޅުއްވައިފިއެވެ.

ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ)ގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ލީސާގެ ނަން ބްލެޓާ ހުށަހެޅުއްވީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

އުމުރުން 90އަހަރުގެ ބްލެޓާ ވިދާޅުވީ، މިއީ ފީފާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ރައީސަކު އެ އިދާރާގެ އިސްވެރިޔަކަށް ގެންނަންވީ ވަގުތު ކަމަށެވެ. ލީސާއަށް ތައުރީފު ކުރައްވަމުން ބްލެޓާ ލިޔުއްވާފައިވެއެވެ.

"ލީސާ ކްލާވެނެސްއަކީ އެންމެ މަތީ ދަރަޖައިގެ އިހްތިރާމް ހައްގުވާ ބޭފުޅެއް. އޭނާއަކީ އަބަދުވެސް ވަކި ފަރާތަކަށް ނުޖެހި ސާބިތުކަމާ އެކު ފާޅުގައި ބަސްވިދާޅުވި އަދި އާންމު އޮއިވަރާ އެއްކޮޅަށް ވަޑައިނުގެންނެވި ހަމައެކަނި ބޭފުޅާ. އަދި ފީފާގެ ލީޑަރޝިޕާ އަންހެނަކު ހަވާލުވާންވީ ވަގުތު މިއީ"

ފީފާގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތުތައް ކުރެވުނު ބްލެޓާގެ ފަރާތުން މިފަދަ ހުށަހެޅުމެއް އަތުވެދާނެ ކަމަށް ގިނަ ބަޔަކު ހީކޮށްފައެއް ނުވެއެވެ. ނަމަވެސް، އުމުރުން 45އަހަރުގެ ލީސާއަށް ބޮޑު ތާއީދެއް އޮތްކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ. ކުރިން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ލީސާއަކީ ނޯވޭގެ ގައުމީ އަންހެން ޓީމަށް 71މެޗު ކުޅެދީފައިވާ ކުރީގެ ކުޅުންތެރިއެކެވެ. އޭނާ ނޯވޭގެ އެފްއޭގެ ރައީސްކަމަށް އިންތިހާބުވީ 2022ވަނަ އަހަރުއެވެ.

ލީސާ ފާހަގަކުރެވިފައި ވަނީ ފީފާގެ ބޮޑެތި ނިންމުންތަކާ ދެކޮޅަށް ފާޅުގައި އަޑުއުފުއްލަވާ ބޭފުޅެއްގެ ގޮތުގައެވެ. އަނެއްކޮޅުން، މިހާރުގެ ރައީސް އިންފަންޓީނޯ އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މިއަހަރުގެ މެއި މަހު އިއުލާން ކުރައްވާފައިވީ ނަމަވެސް، އޭނާއަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އިންފަންޓީނޯ ހުށަހެޅުއްވި "ފީފާ ފޯވާޑް އެންޓަޕްރައިޒަސް ޕްލޭން"އާ ބައްރުތަކުގެ ކޮންފެޑެރޭޝަންތަކުން ދެކޮޅު ހަދަމުންދާއިރު، ޔޫއެފާއިން ވަނީ އެ ޕްލޭނާ ހެދި އިންފަންޓީނޯއަށް އިތުބާރު ނެތް ކަމަށް ނިންމާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު