ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޤައުމީ ކްރިކެޓް ޓީމަށް އަފްޣާނިސްޠާނުގެ ކޯޗެއް

ޝެއާ ކުރޭ Facebook Telegram Viber X

ރާއްޖޭގެ ކްރިކެޓް ކުޅުން އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަޤްޞަދުގައި، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ފަރާތުން ދިވެހި ޤައުމީ ޓީމުގެ އިސް ކޯޗުގެ މަޤާމަށް އަފްޣާނިސްޠާނަށް ނިސްބަތްވާ ފުންނާބު އުސް ކޯޗު އަސަދުﷲ ޚާން ހަމަޖައްސައިފިއެވެ. 

އައު ކޯޗާ އެކު ދިވެހި ޓީމުން ފަރިތަކުރުންތައް ފަށާއިރު، މީގެ ކުރިން ބިދޭސީއަކު މި މަޤާމު ފުރާފައި ވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ. އެފަހަރު ޓީމަށް އިރުޝާދުދިނީ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މަޤާމުން ދުރުވި ސްރީލަންކާގެ ޕަސިންދު ލިޔަނާރަޗީއެވެ. 

އައިސީސީގެ ލެވެލް ތިނެއްގެ ކޯޗިންގ ލައިސަންސް އޮންނަ އަސަދުﷲ އަކީ ކޯޗުކަމުގެ ރޮނގުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. އޭނާގެ ކެރިއަރުގެ ކުރީކޮޅު، 2009އިން ފެށިގެން 2012އަށް އަފްޣާނިސްޠާނުގެ 19އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދިނުމަށް ފަހު، އެ ޤައުމުގެ ސީނިއަރ ޓީމުގެ އެސިސްޓަންޓް ކޯޗުކަމާއި ޕާފޯމަންސް އެނަލިސްޓްކަން ވެސް ވަނީ ކޮށްފައެވެ. 

މީގެ އިތުރުން، އޭނާގެ ބައިނަލްއަޤްވާމީ ސީވީއަށް ބަލާއިރު، ކެނެޑާގެ ޤައުމީ ޓީމުގެ ހެޑް ކޯޗުކަމާއި ހައި ޕާފޯމަންސް ޑިރެކްޓަރުކަން ކުރުން ހިމެނެއެވެ. އަދި 2021އިން 2023އަށް ޤަތަރު ޓީމުގެ މައި ކޯޗުގެ ގޮތުގައި މަސައްކަތްކުރުމުގެ އިތުރުން އުޒްބެކިސްތާން ކްރިކެޓް ފެޑެރޭޝަންގެ ޑިރެކްޓަރުކަން ވެސް އޭނާ ވަނީ ފުރިހަމަކޮށްފައެވެ.

ކުޅުންތެރިއެއްގެ ގޮތުގައި 2003އިން 2012އަށް އަފްޣާނިސްޠާން ޓީމަށް ކުޅެފައިވާ އަސަދުﷲ އަކީ އައިސީސީ ލެވެލް 2ގެ ކޯޗިންގ އެޑިއުކޭޓަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވާ ފަރާތެކެވެ. ކުޅިވަރު ހިންގުމުގެ ދާއިރާއިން ވެސް އޭނާ ފާހަގަކޮށްލެވޭއިރު، އަފްޣާނިސްޠާން ކްރިކެޓް ބޯޑުގެ ސީއީއޯކަމާއި، 2025ވަނަ އަހަރު ބާއްވާ ގަލްފް ކަޕްގެ ޓޯނަމަންޓް ޑިރެކްޓަރުގެ މަސްއޫލިއްޔަތު ވެސް ވަނީ އޭނާއާ ހަވާލުކުރެވިފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު