ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބިދޭސީ ފޯވާޑެއް ގެެނެސް މާޒިޔާ ވަރުގަދަކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ މަޤްޞަދުގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނައިޖީރިއާގެ އުމުރުން 31އަހަރުގެ ހުނަރުވެރި ފޯވާޑް ބެންޖަމިން ކުކޫ އެ ކުލަބަށް ސޮއިކުރުވައިފިއެވެ. 

ޔޫރަޕާއި އޭޝިއާގެ ގިނަ ޤައުމުތަކެއްގައި ކުޅެފައިވާ ކުކޫއަކީ ޕްރޮފެޝަނަލް ފެންވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ ވިއެޓްނާމާއި، އިންޑިއާގެ އިތުރުން ރުމޭނިއާ އަދި ސާބިއާގެ ލީގުތަކުގައިވެސް މޮޅު ކުޅުމެއް ދައްކައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. 

ކުކޫގެ އިތުރުން މާޒިޔާއިން އަންނަނީ ބިދޭސީ އިތުރު ކުޅުންތެރިންތަކެއް ވެސް ޓީމަށް ގެންނަމުންނެވެ. އޭގެ ތެރޭގައި ސާބިއާއަށް ނިސްބަތްވާ ޑިފެންޑަރު ނެމަންޔާ ޒުދުރާވްކޮވިޗް އަދި މެދުތެރެއަށް ކުޅޭ ނިކޮލާ ވުޖިޗިޗް ހިމެނެއެވެ. 

ޗެކިއާއަށް ނިސްބަތްވާ އައު ކޯޗު ތޯމަސް ޓްރޫޗާގެ ބެލުމުގެ ދަށުން މާޒިޔާ ނުކުންނަ ފުރަތަމަ ކުރިމަތިލުމަކީ، ކަޕް ވިނާސް ކަޕްގައި މިރޭ އޮޑި ސްޕޯޓްސްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ. މިއީ މިއަހަރުގެ ފުޓުބޯޅަ ކަލަންޑަރުގެ ފުރަތަމަ މުބާރާތް ވެސް މެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު