ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މާޒިޔާގެ ކޯޗަކަށް ޗެކިއާގެ ތޯމަސް ޓްރޫޗާ ހަމަޖައްސައިފި

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިސް ކޯޗުގެ މަގާމަށް، ޔޫރަޕްގެ ތަޖުރިބާކާރެއް ކަމަށްވާ ޗެކިއާގެ ތޯމަސް ޓްރޫޗާ މިއަދު ރަސްމީކޮށް އައްޔަންކޮށްފިއެވެ.

ޔުއެފާ ޕްރޯ ލައިސަންސް އޮންނަ ޓްރޫޗާއަކީ އޭޝިއާ، އެފްރިކާ އަދި ޔޫރަޕްގެ ބައްރުގައި ފުޅާ ދާއިރާއެއްގައި ކޯޗުކޮށްދީފައިވާ ފަރާތެކެވެ. އޭނާގެ ބެލުމުގެ ދަށުން މާޒިޔާ ނުކުންނަ ފުރަތަމަ ކުރިމަތިލުމަކަށް ވާނީ، އަށާރަ އަހަރުގެ މެދުކެނޑުމަކަށް  ފަހު އަލުން ފަށާ ކަޕް ވިނާސް ކަޕްގައި މާދަމާ ރޭ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗެވެ. 

މާޒިޔާއިން ބިދޭސީ އައު ފަރާތަކާ ޓީމު ހަވާލުކޮށްފައި މިވަނީ، ފާއިތުވި ސީޒަނުގައި އެ ކުލަބަށް ޕްރިމިއަރ ލީގާއި ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްދިން ސްޕެއިންގެ ލުއިސްމާ ހެނާންޑޭޒްގެ ކޮންޓްރެކްޓް ހަމަވެ، އޭނާ ކުލަބު ދޫކޮށް ދިޔުމާ ގުޅިގެންނެވެ. ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން އެންމެ ފަހުން ކުޅުނު މެޗަކީ އޮޑި ސްޕޯޓްސް އަތުން ޕެނަލްޓީން ބަލިވި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލެވެ.

ސްޕެއިން ކޯޗު ފުރައިގެން ދިޔުމުން ޓީމުގެ ކަންކަން ވަގުތީ ގޮތުން ބެލެހެއްޓީ އެހީތެރި ކޯޗު އަޙްމަދު ސުޒެއިރު (ކޮއްކޮ)އެވެ. ސުޒެއިރުގެ ބެލުމުގެ ދަށުން އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ބުރު ސްޕޯޓްސް އަތުން ޕެނަލްޓީ ޖަހައިގެން މާޒިޔާ ކަޓާފައިވީ ނަމަވެސް، މި އަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމުގެ ގޮތުން ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާއިން ވަނީ ހަތްވަނަ ފަހަރަށް ޗެރިޓީ ޝީލްޑްގެ ތަށި އުފުލާލާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު