ޒުވާނުންގެ ކުރިއެރުމަށާއި ދިވެހި އެތުލީޓުންގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމުގެ މަޤުޞަދުގައި، ކުޅިވަރާ ބެހޭ ވުޒާރާގެ އިސް ބޭފުޅުންތަކެއް، ކިއުބާ ސަފީރު ޕެޓްރީޝިއާ ލަޒާރާ ޕެގޯ ގުއެރާއާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު ޢަބްދުއްރައްޒާޤު އިބްރާހީމްގެ އިތުރުން ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރެވެ. މި ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ބަދަހި ގުޅުމުގެ ތެރެއިން، ރާއްޖޭގެ ކުޅިވަރު ދާއިރާއަށް ލިބިދާނެ ފުރުޞަތުތަކާ ގުޅޭގޮތުން ސަފީރާ ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން ކުޅިވަރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކުގެ އެންމެ ބޮޑު އަމާޒަކަށްވީ މުސްތަޤުބަލުގައި ދިވެހި ކުޅުންތެރިންނަށް ފަހިކޮށްދެވިދާނެ ތަމްރީނުގެ ފުރުޞަތުތަކާއި، ޒުވާނުން މުޖުތަމަޢުގައި ބާރުވެރިކުރުވުމަށް ޓަކައި އެކި ޕްރޮގްރާމްތައް ހިންގުމުގައި ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.