ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އާޖެންޓީނާގެ ސަޕޯޓަރުން މިސްރަށް މަލާމާތްކޮށް ދެއްކީ އިޒްރޭލްގެ ދިދަ!

ޝެއާ ކުރޭ Facebook Telegram Viber X

2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނޮކްއައުޓް މަރުޙަލާއިން އާޖެންޓީނާ އަތުން ބަލިވެ މިޞްރު ކެޓުމާ ގުޅިގެން، ޔަހޫދީ ދައުލަތުގެ ދިދަ ދައްކައިގެން އާޖެންޓީނާގެ ފޭނުންތަކެއް މިޞްރުގެ ކޯޗު ހޮސާމް ހަސަންއަށް ބޮޑެތި ގޯނާތަކެއް ކޮށްފިއެވެ.

މީސްމީޑިއާގައި އާންމުވެފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ މެޗު ނިމުމުން ހޮސާމް ޑްރެސިންގ ރޫމަށް ދިޔަ މަގުމަތީގައެވެ. އާޖެންޓީނާގެ ޖާޒީއެއް ލައިގެން ހުރި މީހަކު އިސްރާއީލުގެ ދިދަ ހިފައިގެން ހުރެ ހަޑިހުތުރު ބަހުން މުހާތަބުކުރުމުން، ކޯޗު ވަނީ އެކަމާ ނުރުހުން ފާޅުކޮށް އެ ސަޕޯޓަރަށް ވަގުތުން ރައްދުދީފައެވެ. މީގެ އިތުރުން، މެޗުގެ ތެރޭގައި މިޞްރުގެ ކުޅުންތެރިންނާއި އޮފިޝަލުން ތިބޭ ބެންޗަށް އަމާޒުކޮށް ވެސް އާޖެންޓީނާގެ ސަޕޯޓަރުން ވަނީ ޒަޔަނިސްޓު ދައުލަތުގެ ދިދަ ދައްކައި ޖެއްސުންކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ދެކުނު އެމެރިކާގެ ގައުމުގެ ސަޕޯޓަރުން މިފަދަ ދަށުދަރަޖައިގެ އަމަލެއް ހިންގީ، މުބާރާތުގެ ގަދަ 32ގައި އޮސްޓްރޭލިއާ ބަލިކުރުމަށް ފަހު ފަލަސްތީނުގެ ދިދަ ހިފައިގެން މިޞްރުގެ ކޯޗު އުފާފާޅުކޮށްފައިވާތީ އެކަމުގެ ބަދަލުހިފުމުގެ ގޮތުންނެވެ. އިންޓަނެޓުގައި ހިޔާލުފާޅުކުރި މިޞްރުގެ ބައެއް އާންމުން ވަނީ މިއީ އިސްލާމީ ގައުމަކަށް ވީތީ ގަސްދުގައި ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށްފައެވެ.

އާޖެންޓީނާގެ މިހާރުގެ ރައީސް ހަވިއަރ މިލެއިއަކީ ފާޅުގައި އިސްރާއީލަށް ތާއީދުކުރައްވާ ބޭފުޅަކަށް ވިޔަސް، އެ ގައުމުގެ އާންމު ރައްޔިތުންގެ ގިނަ ބަޔަކު އަންނަނީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި މުޒާހަރާކުރަމުންކަން ފާހަގަކޮށްލަން ޖެހެއެވެ. މި މުބާރާތުން މިޞްރު ކަޓާފައިވާއިރު، އޮސްޓްރޭލިއާ އަތުން އެ ޓީމު މޮޅުވި މޮޅަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ނޮކްއައުޓް މަރުހަލާގައި މިޞްރުން ހޯދި ފުރަތަމަ ކާމިޔާބީއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު