ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެއީ"މުޑުދާރު އަންހެނެއް": ފުރައްސާރަކުރި ސެނެޓަރަށް އެމްބާޕޭގެ ރައްދެއް!

ޝެއާ ކުރޭ Facebook Telegram Viber X

ފްރާންސްގެ ކީލިއަން އެމްބާޕޭއަށް ނަސްލީ ގޮތުން ފުރައްސާރަކުރި ޕެރަގުއޭގެ ސެނެޓަރަކަށް އެމްބާޕޭ ރައްދު ދީފިއެވެ.

ޕެރެގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިއްޔާ އެކްސްގައި ލިޔުނު ދިގު ޕޯސްޓެއްގައި އެމްބާޕޭ ސިފަކޮށްފައިވަނީ "އަމިއްލައަށް ފްރާންސް މީހަކަށް ވާން އުޅޭ، އިސްތިއުމާރުކޮށްފައިވާ ކެމަރޫން މީހެއް" ގެ ގޮތުގައެވެ. އަދި އޭނާއަކީ "ލިޔަންކިޔަން ނުދަންނަ ޖާހިލެއް" ކަމަށް ބުނެ، މެޗަށް ފަހު ޕެރަގުއޭގެ ކުޅުންތެރިން އޭނާގެ ކޮލަށް އެތިފަހަރެއް ޖަހަންޖެހޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

ފްރާންސްގެ ކެޕްޓަން އެމްބާޕޭ ވަނީ އޭނާގެ އަމިއްލަ ނަފްސާއި ޕެރަގުއޭގެ ކުޅުންތެރިންގެ ދިފާއުގައި ވަރުގަދަ ބަޔާނެއް ނެރެފައެވެ.

"މެޑަމް ސެލެސްޓޭ އަމަރިއްޔާ، ތިޔައީ ތިޔަ މަގާމަށް ޝަރުތު ހަމަނުވާ، މުޑުދާރު އަންހެނެކެވެ. މުޅި މުބާރާތުގައި ޝަރަފާއި ފޯރިއާ އެކު ކުޅުނު ޕެރަގުއޭ ތަމްސީލުކުރުމުގެ ޙައްގެއް ތިބާއަކަށް ނެތެވެ،" އޭނާ ލިޔެފައިވެއެވެ.

"ތިބާގެ ފަރުވާކުޑަކަމާއި ބޭއަދަބީ ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން، މި ވޯލްޑް ކަޕްގައި ތިޔަ ގައުމުގެ ކުޅުންތެރިން ކުރި ތާރީޚީ މަސައްކަތް މުޅި ދުނިޔެ މިހާރު ވަނީ ހަނދާން ނައްތާލާފައެވެ. އޭގެ ބަދަލުގައި ފެނިގެންދަނީ ގައުމުގެ އަގު ވައްޓާލާ ނާގާބިލު އަންހެނެކެވެ. އޭނާ ފަދަ މީހުންނަށް ދުނިޔޭގައި ނަފުރަތާއި ނަސްލީ ތަފާތުކުރުން ފެތުރުމުގެ ފުރުސަތެއް އަހަރެން ދުވަހަކު ވެސް ނުދޭނަމެވެ."

ފްރެންޗް ފުޓްބޯލް ފެޑެރޭޝަން (އެފްއެފްއެފް) އިން ވަނީ މި މައްސަލަ އިތުރަށް ހޫނުކޮށް، ޖިނާއީ ދައުވާ ކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އަދި އޭނާގެ ވާހަކަތަކަކީ "ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށް ބުނެފައިވެއެވެ. އެފެޑެރޭޝަނުން ބުނީ: "މި ވާހަކަތަކަކީ ޖިނާއީ ކުށެކެވެ. މިއަށް އަދަބު ދޭންޖެހޭނެއެވެ. އެފްއެފްއެފް އިން މިހާރު ދަނީ މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު