ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެފްރިކާގެ ހުވަފެންތައް ދިރުވަމުން، މޮރޮކޯ ކުއާޓާއަށް

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި މޮރޮކޯއިން އަނެއްކާ ވެސް ހަނދާންކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ދައްކައި މޮރޮކޯ ކުއަރޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

މޮރޮކޯ ކުއާޓަރއަށް ދަތުރުކުރީ 3-0އިން  މުބާރާތުގެ އެއް ހޯސްޓް ކެނެޑާ ބަލިކޮށްފައެވެ.

މިއާ އެކު މޮރޮކޯއިން ވަނީ އެމީހުންގެ ތާރީޚީ ދަތުރު ދަމަހައްޓައި، މުބާރާތުގައި އެފްރިކާގެ އުންމީދުތައް ދިރުވާފައެވެ.

މި މެޗުގައި މޮރޮކޯއިން ކެނެޑާގެ މައްޗަށް ކުރިހޯދީ ދެވަނަ ހާފުގައި މިޑްފީލްޑަރު އަޒެދިން އޫނާހީ ކާމިޔާބުކޮށްދިން ދެ ލަނޑާއި މެޗްގެ އިތުރު ވަގުތުގައި ރަޙީމީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި މޮޅާ އެޓީމު ބައްދަލުކުރަން ޖެހޭނީ ފްރާންސާއި ޕެރަގުއޭ ބައްދަލުކުރާ ގަދަ 16 ގެ މެޗުން މޮޅުވާ ޓީމަކާއެވެ.

ވާދަވެރި ފުރަތަމަ ހާފަށް ފަހު، މޮރޮކޯއިން މެޗުގެ ފުރަތަމަ ލަނޑު ޖެހީ ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައެވެ. މިއީ އޫނާހީ ތަނަވަސްކުރި ރީތި ފުރުސަތެއްގައި ކާމިޔާބުކުރި ލަނޑެކެވެ. އޭގެފަހުން ކެނެޑާއިން ދެމުންދިޔަ ވަރުގަދަ ހަމަލާތައް މޮރޮކޯގެ ޑިފެންސުން ހުޝިޔާރުކަމާ އެކު ދިފާއުކުރިއިރު، މެޗު ނިމެން ދަނިކޮށް އޫނާހީ ވަނީ އިތުރު ލަނޑެއް ޖަހައި މޮރޮކޯއަށް ތާރީޚީ މޮޅެއް ކަށަވަރުކޮށްދީފައެވެ.

ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ފުރަތަމަ ފަހަރަށް ވާދަކުރި ކެނެޑާއިން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މޮރޮކޯގެ ތަރުތީބުވެފައިވާ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. އަމިއްލަ ސަޕޯޓަރުންގެ ބޮޑު ތަރުހީބަކާއެކު ކުޅުނު ކެނެޑާގެ މި ތާރީޚީ ދަތުރު މިހިސާބުން ވަނީ ނިމުމަކަށް އައިސްފައެވެ.

މޮރޮކޯގެ މި ކާމިޔާބީއާ އެކު، އެޓީމަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކުރިއަރަމުން އަންނަ އެންމެ ބާރުގަދަ އެއް ބާރުކަން އަނެއްކާ ވެސް ވަނީ ސާބިތުކޮށްދީފައެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ އެފްރިކާ ގައުމުގެ ޝަރަފު ހޯދި މޮރޮކޯއިން މިވަނީ އަނެއްކާ ވެސް ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑެތި ބާރުތަކަށް ގޮންޖަހާފައެވެ.

ކުއާޓާ ފައިނަލުން ލިބުނު މި ޖާގައަކީ މޮރޮކޯގެ ފުޓްބޯޅަ ތާރީޚުގައި ލިޔެވިގެންދާނެ އާ ބާބެކެވެ. އަދި މިއީ އެފްރިކާގެ ގައުމަކަށް ފީފާ ވޯލްޑް ކަޕްގެ ތަށި ހޯދުމަށް ސީރިއަސް މަސައްކަތެއް ކުރެވިދާނެކަމުގެ އާ އުންމީދެއް ގެނެސްދިން ކަމެކެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު