ފީފާ ވޯލްޑް ކަޕްގައި 32ޓީމު ވާދަކުރި ބުރުގެ އެންމެ ފަހު މެޗުގައި ގާނާގެ މައްޗަށް އެއް ލަނޑު ސުން ލަނޑުން ކުރިހޯދައިގެން، މުބާރާތުގެ ދެވަނަ ބުރު ނުވަތަ ގަދަ ސޯޅައިގެ އެންމެ ފަހު ޖާގަ ކޮލަމްބިއާއިން ކަށަވަރުކޮށްފިއެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ކުޅުން ފެށިތާ ސާދަވަނަ މިނެޓުގައި ކޮލަމްބިއާއަށް ކާމިޔާބުކޮށްދިނީ ޖޯން އަރިއާސްއެވެ. މިއީ މެޗުގެ ވަރަށް ކުރީކޮޅު ޖޯން ކޯޑޯބާއަށް އަނިޔާވުމާ ގުޅިގެން ހަތްވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލުކަސް ސުއަރޭޒް ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއް، ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މީގެ އިތުރުން ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ކޮލަމްބިއާއަށް ލިބިފައިވެއެވެ. އެގޮތުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޯހަން މޮހީކާ ފޮނުވާލި ހަމަލާއާއި، ދެވަނަ ހާފުގައި ލުއިސް ޑިއާޒްއަށް ހުސްކޮށް ލިބި ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ގާނާގެ ގޯލްކީޕަރެވެ. އަދި އޭގެ ކުރިންވެސް ކޮލަމްބިއާއިން އުފެއްދި ނުރައްކާތެރި ހަމަލާއެއް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މިހާތަނަށް މުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވެ އޮތް ކޮލަމްބިއާ، ދެވަނަ ބުރުގައި ނުކުންނަން ޖެހޭނީ ސްވިޒަލޭންޑާ ދެކޮޅަށެވެ. ގަދަ ސޯޅައިގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވާއިރު، މި ބުރުގެ ފުރަތަމަ ކުރިމަތިލުމުގައި ރާއްޖެ ގަޑިން މިރޭ ދިހައެއް ޖަހާއިރު ބައްދަލުކުރާނީ ކެނެޑާއާއި މޮރޮކޯއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.