ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޔަމާލްގެ ބޭނުން ވަނީ ބާސެލޯނާއަށް މި ކުޅުންތެރިން ގެންނަން

ޝެއާ ކުރޭ Facebook Telegram Viber X

ހޫލިއަން އަލްވަރޭޒް ބާސެލޯނާއަށް ބަދަލުވާން އުޅޭކަމުގެ ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައި، އެ ކްލަބަށް ސޮއިކުރުވަން ފޯވާޑް ލަމީން ޔަމާލް ބޭނުން ކުޅުންތެރިންގެ ނަންތައް ހާމަކޮށްފިއެވެ.

ކެޓަލަން ކްލަބުން އާ ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ އެތުލެޓިކޯގެ ހޫލިއަން އަލްވަރޭޒްއަށެވެ. ނަމަވެސް އެހެން ބައެއް ފޯވާޑުންގެ ނަންތައް ވެސް ބާސެލޯނާއާ ގުޅުވައިގެން ވާހަކަދެކެވެމުންދެއެވެ.

މިކަމާ ބެހޭ ގޮތުން ޔަމާލްގެ ހިޔާލު ހޯދުމަށް "ކޯޕް" އިން ސުވާލުކުރުމުން އޭނާ ވަނީ ދެ ކުޅުންތެރިއެއްގެ ނަން ބުނެފައެވެ: "ލަނޑު ޖަހާހާ ހިނދަކު... އަހަރެން ވަރަށް ގަޔާވޭ ހޫލިއަން [އަލްވަރޭޒް] އަދި [މިކޭލް] އޮޔާޒަބާލް އާ. ކޮންމެ ކުޅުންތެރިއަކު އައި ނަމަވެސް އަހަރެމެން ސަޕޯޓް ކުރާނަން."

ވޯލްޑް ކަޕްގައި ސްޕެއިންއާ އެކު އަނިޔާއިން ސަލާމަތްވެ އެނބުރި އައުމަށް ފަހު އޭނާގެ އިހުސާސްތައް ހުރި ގޮތާ ބެހޭގޮތުންވެސް ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާއާ ސުވާލުކޮށްފައިވެއެވެ.

"އަހަރެން ވަރަށް ރަނގަޅު، ވަރަށް އުފާވެފައި މިހުރީ. އަހަރެން ވަރަށް ބުރަކޮށް ފަރިތަކުރުންތައް ކުރިއަށް ގެންދިޔައިން، އަދި މި ހިސާބަށް އާދެވުމުން ވަރަށް އުފާވޭ. އަހަރެން މިހުރީ 80-90 އިންސައްތަ ފިޓްކޮށް، އަދި ދަނީ ރަނގަޅުވަމުން، ފަހަތަކަށް ނުދޭ. އަހަރެން 90 މިނެޓަށް ތައްޔާރު،" އޭނާ އިތުރަށް ބުންޏެވެ.

"50/50 ބޯޅައެއް ނަމަ، އެއްވެސް މީހަކަށް އަނިޔާއެއް ނުވުމަށް ޓަކައި އަހަރެން އެއަކަށް ނުދަން، އެކަމަކު ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ފުރިހަމަ ބާރުމިނުގައި. ބިރުން ހުރެ ކުޅެން އުޅެފި ނަމަ، އަނިޔާވުމުގެ ފުރުސަތު ބޮޑުވުމުން އެކަން މާ ގޯސްވާނެ. ނަމަވެސް އުރުގުއޭއާ ދެކޮޅަށް ކުޅުނުއިރު އަހަރެމެން ކުރިން ވެސް ކޮލިފައިވެފައި އޮތުމުން އަހަރެން ފުރިހަމަ ބާރުމިނުގައި ދުވެފައެއް ނުވާނެ."

ވޯލްޑް ކަޕްގެ ގަދަ 1 ގެ ޖާގައެއް ހޯދުމަށް ސްޕެއިންއާއި ޔަމާލް ދެން ނުކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު