ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޖަރުމަނުގެ ގޯލް ގޯސް ނަމަ އަރސެނަލްއަށް ޗެމްޕިއަންކަމެއް ނުލިބޭނެ

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕް, ގަދަ 32 ބުރުގައި ޕެރެގުއޭ ކޮޅަށް ޖެހި ، ވީއޭއާރް ކެންސަލް ކުރި ގޯލަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަން އާސެނަލްއިން މުޅި ސީޒަނުގައި ޖެހި ގިނަ ގޯލްތަކާ އެއް ގޮތް ގޯލްތަކެއް ކަމަށް ބުނެ ލިވަޕޫލްގެ ކުރީގެ ކޯޗް ޔާގަން ކްލޮޕް ފާޑު ކިޔައިފިއެވެ.

ވޯލްޑްކަޕްގައި ޖަރުމަނުގެ ޓީވީއަކަށް މަސައްކަތް ކުރަމުން އަންނަ ކްލޮޕް ބުނީ އެއީ ގަވާއިދާ ހިލާފު ލަނޑެއް ނަމަ، އާސެނަލްއަށް އިނގިރޭސި ޗެމްޕިއަންކަމެއް ނުލިބޭނެކަމަށާއި އެމީހުންގެ ލަނޑުތަކުގެ %60 ޖަހާފައި ވަނީ އެގޮތަށް ކަމަށެވެ.

"ބޯޅަ ގޯލަށް ވަނުމުން އަހަރެމެން [ޖަރުމަނު] މެޗުން މޮޅުވޭ. އެހެންވީމާ، މިއީ ހަމަގައިމު ވެސް ވަރަށް އަނިޔާވެރި ނިންމުމެއް."

މެޗު އަލުން ފެށުމާ އެކު، ޕްރިމިއާ ލީގުގެ ކުރީގެ އެސިސްޓަންޓް ރެފްރީ ޑަރެން ކޭން ވަނީ އެ ނިންމުމާ މެދު އޭނާގެ ހިޔާލު ހިއްސާކޮށްފައެވެ.

"މިއީ އަހަރެންގެ ނަޒަރުގައި ވަރަށް އާދައިގެ ކަމެއް،" ބީބީސީ ވަންގައި ކޭން ބުންޏެވެ.

"އެކަމަކު މިހާތަނަށް މުބާރާތުގައި ފެނިފައިވާ ކަންކަމަށް ބަލާއިރު، އެމީހުން އެ ލަނޑު ބާތިލްކުރުމުން އަހަރެން ހައިރާނެއް ނުވޭ."

"ވަރަށް ކުދިކުދި ކުށްތަކަށް ދެތިން ލަނޑެއް ބާތިލްކޮށްފައިވާ ތަން އަހަރެމެންނަށް ފެނިއްޖެ. މިއީ މާ ބޮޑު ކަމެއް ނޫން."

"މިއީ ގޯލްކީޕަރަށް ކުރި ކުޑަ ބްލޮކެއް، އެކަމަކު އަހަރެންގެ ނަޒަރުގައި އެއީ ފުދޭވަރެއް ނޫން. އަހަރެން ދެކެނީ މިއީ ބާތިލްކޮށްގެން ނުވާނެ ލަނޑެއް ކަމަށް."

ބީބީސީ ރޭޑިއޯ 5 ލައިވް އަށް ބޮސްޓަންގައި ހުރި ސްކޮޓްލޭންޑްގެ ކުރީގެ ވިންގާ ޕެޓް ނެވިން ވެސް ގަބޫލުކުރި ގޮތުގައި އެ ފައުލަކީ ލަނޑު ބާތިލްކުރަން ޖެހޭ ވަރުގެ ސާފު ފައުލެއް ނޫނެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު