ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

'ޕަވަރހައުސް' ހާލަންޑް ދައްކަނީ ނަމޫނާ: ކޯޗު ސޮލްބައްކެން

ޝެއާ ކުރޭ Facebook Telegram Viber X

 ވޯލްޑް ކަޕްގެ ތާރީޚީ ދަތުރަކަށް އަމާޒު ނޯވޭގެ ސޮލްބައްކެން ، ފޯވާޑް ހާލަންޑްގެ ލަނޑުތަކާއި ހިތްވަރަށް ތައުރީފުކޮށްފިއެވެ.

ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި އައިވަރީ ކޯސްޓާ ދެކޮޅަށް ނުކުތުމަށް އޭނާގެ ޓީމު ތައްޔާރުވަމުންދާއިރު، ނޯވޭގެ ކޯޗު ސްޓޭލް ސޮލްބައްކެން ވަނީ "ޕަވަރހައުސް" އާލިންގް ހާލަންޑްގެ ލީޑަރޝިޕަށް ތައުރީފުކޮށްފައެވެ.

ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތަށް ނޯވޭ އެނބުރި މިއައީ 1998ވަނަ އަހަރުގެ ފްރާންސް ވޯލްޑް ކަޕަށް ފަހު ފުރަތަމަ ފަހަރަށެވެ. އަދި މެންޗެސްޓަރ ސިޓީގެ މޮޅު ފޯވާޑް ހާލަންޑަކީ އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ.

"މިހާތަނަށް ހުރިހާ ކަމެއްވެސް ދަނީ ވަރަށް ރަނގަޅަށް،" ޓީމުގެ ކުރިއެރުމާ ބެހޭގޮތުން ވާހަކަދައްކަމުން ސޮލްބައްކެން ބުންޏެވެ.

ގްރޫޕް ސްޓޭޖުގައި ހަތަރު ލަނޑު ޖެހި އުމުރުން 25 އަހަރުގެ ހާލަންޑަކީ "ޕަވަރހައުސް" ފޯވާޑެއްގެ ގޮތުގައި ސޮލްބައްކެން ސިފަކުރިއެވެ.

"އޭނާއަކީ އަހަރެމެންނަށް ވަރަށް މޮޅު ލީޑަރެއް، ދަނޑުމަތީގައި އޭނާ ދައްކަނީ ނަމޫނާ،" އޭނާ ބުންޏެވެ. 

"އޭނާގެ ކިބައިގައި އެބަހުރި ފަހަރުގައި ތަމްރީނުކޮށްގެން މާ ބޮޑަށް ހާސިލުނުކުރެވޭނެ ކަންތައްތަކެއް، ލަނޑު ޖެހުމުގެ ހުނަރާއި، ބޯޅަ އޭނާގެ ފައިދަށަށް ނުވަތަ އެ ހަރަކާތަށް އަންނާނެކަމުގެ އިހުސާސް. އަދި އަހަރެން ދެކޭގޮތުގައި އެއީ އޭނާގެ އެންމެ ބޮޑު ބާރު، އޭނާގެ ހަލުވިކަމާއި ހަށިގަނޑުގެ ވަރުގަދަކަމާ އެކު. އެ ހުރިހާ ކަމެއް އެއްވުމުން، އަދި ދަނޑުމަތީގައާއި ދަނޑުން ބޭރުގައިވެސް އޭނާއަކީ ރަނގަޅު ބައިވެރިއެއްކަން ދެނެގަތުމުން، އޭނާ ވެގެންދަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެކަކަށް."

ސޮލްބައްކެން ބުނީ މީގެ 28 އަހަރު ކުރިން ނޯވޭއިން އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނު ފަހުން އެޓީމުގެ ކުޅުމުގެ ވައްޓަފާޅި ބަދަލުވެފައިވާ ކަމަށާއި، މިހާރު ކުޅުންތެރިން ބޯޅައާއެކު ކުޅެން މާ ފަސޭހަ ކަމަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު