ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހާލަންޑާއި އޮޑެގާޑް މެޗަށް ނޭރުވުމުގެ ނިންމުން ކޯޗް ދިފާއުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ފްރާންސްއާ ބައްދަލުކޮށް 4-1އިން ބަލިވެ ގުރޫޕްގެ އެއްވަނަ ގެއްލުނު މެޗްގައި ކެޕްޓަން އޮޑެގާޑާއި ވަރުގަދަ ފޯވާޑް އެލިން ހާލަންޑް ރެސްޓްކުރުވުން ކޯޗް ސްޓޭލް ސޮލްބާކަން ދިފާއުކޮށްފިއެވެ.

މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ސޮލްބަކާން ބުނީ ގަދަ 32ގެ މެޗުގެ ކުރިން ސްކޮޑަށް ބަދަލުތަކެއް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި އާލިން ހާލަންޑާއި މާޓިން އޮޑެގާޑް ނުކުޅުވަން ނިންމި ނިންމުމަކީ ވިސްނަން ވެސް ނުޖެހޭ ފަދަ ސާފު ނިންމުމެއް ކަމަށެވެ. 

"އެއީ އަހަންނަށާއި، ފިޒިއޯ އަދި މެޑިކަލް ސްޓާފުންގެ އިތުރުން ބައެއް ކުޅުންތެރިންނަށް ވެސް ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއް،" ހޯމަ ދުވަހު ސެނެގާލް އަތުން 3-2 އިން މޮޅުވި މެޗަށް  ފަހު ފުރަތަމަ އެގާރައަށް 10 ބަދަލެއް ގެނައުމަށްފަހު ސޮލްބާކެން ބުންޏެވެ.

"އެ އެންމެންވެސް ބުނީ ގިނަ ކުޅުންތެރިންނަށް އެއީ އުނދަގޫ ކަމަކަށް ވާނެ ކަމަށް. ދެން ވިސްނަން ޖެހުނު ހަމައެކަނި ކަމަކީ ނޯވޭގައާއި މިތަނުގައި ތިބި ސަޕޯޓަރުންގެ ވާހަކަ. އެމީހުން ބޭނުންވާނެ އާލިންއާއި މާޓިން ކުޅޭތަން ދެކެން. އެކަމަކު އަހަރެމެން ބޭނުންވަނީ މުބާރާތުގައި ވީހާ ވެސް ކުރިއަށްދާން. އެހެންވެ އެއީ ވަރަށް ފަސޭހަ ނިންމުމެއް. އެ ނިންމުން ނިންމަން އަހަރެމެންނަށް މާގިނަ ވަގުތެއް ނުނަގާ."

ސޮލްބާކެން ބުނީ ހޯމަ ދުވަހު ސެނެގާލް އަތުން މޮޅުވި މެޗަށް ފަހު އަވަހަށް ދެން އޮތް މެޗު ކުޅެން ޖެހުމަކީ މައިގަނޑު ސަބަބު ކަމަށެވެ. އޭނާ ބުނީ ހާލަންޑާއި އޮޑެގާޑަކީ "ޓީމަށް މަސައްކަތްކުރާ ކުޅުންތެރިން ކަމަށާއި، އެހެންކަމުން ޓީމަށް އެންމެ ރަނގަޅީ ކޮން ގޮތެއްކަން އެ ކުޅުންތެރިންނަށް އެނގޭނެ" ކަމަށެވެ.

މެންޗެސްޓަރ ސިޓީގެ ފޯވާޑް ހާލަންޑް ވަނީ ނޯވޭ ކުޅުނު ފުރަތަމަ ދެ މެޗުގައި ހަތަރު ލަނޑު ޖަހާފައެވެ. އެއީ ގްރޫޕް އައިގެ ފުރަތަމަ މެޗުގައި އިރާގު އަތުން 4-1އިން މޮޅުވި މެޗުގައި ޖެހި ދެ ލަނޑާއި، ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްދިން ސެނެގާލް މެޗުގައި ޖެހި ދެ ލަނޑެވެ.

އޭނާގެ އިތުރުން އާސެނަލްގެ މިޑްފީލްޑަރު އަދި ކެޕްޓަން އޮޑެގާޑާއި، އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް އަލެކްސެންޑަރ ސޯލޮތު ފަދަ ކުޅުންތެރިން ނުލައި ކުޅުނު ނޯވޭ ޓީމު ފްރާންސް އަތުން ބަލިވީ ވަރަށް ފަސޭހަކަމާއެކުގައެވެ.

ފްރާންސް ޓީމަށް އުސްމާން ޑެމްބެލޭ ހެޓްރިކެއް ހެދިއިރު، ހަތަރުވަނަ ލަނޑު މެޗުގެ ފަހުކޮޅު ޖަހައިދިނީ ޑެސިރޭ ޑޫއޭ އެވެ. ނޯވޭގެ ހަމައެކަނި ލަނޑު ތެލޯ އާސްގާޑް ޖަހައިދިންއިރު، ހާފްޓައިމަށްފަހު ޔޯގެން ސްޓްރޭންޑް ލާސަން ފޮނުވާލި ޕެނަލްޓީ ވަނީ ދިފާއުކޮށްފައެވެ. އެ ޕެނަލްޓީ ކާމިޔާބުވި ނަމަ ނަތީޖާ 3-2އަށް ބަދަލުވީހެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު