ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޓިއުނީޝިއާ ބަލިކޮށް ގްރޫޕް އެފްގެ އެއްވަނައަށް ނެދަލަންޑްސް

ޝެއާ ކުރޭ Facebook Telegram Viber X

މެޗުގެ ފުރަތަމަ ހަތް މިނެޓުގެ ތެރޭގައި ޖެހި ދެ ލަނޑާ އެކު ޓިއުނީޝިއާގެ މައްޗަށް ކުރިހޯދައި، ނެދަލަންޑްސްއިން ގްރޫޕް އެފްގެ އެއްވަނަ މަގާމު ކަށަވަރުކޮށްފިއެވެ.

ގްރޫޕްގެ އެއްވަނަ ހޯދުމާ އެކު، ނެދަލަންޑްސް ދެން ބައްދަލުކުރަން ޖެހޭނީ އަންގާރަ ދުވަހު މޮންޓެރޭގައި ކުޅޭ މެޗުގައި ގްރޫޕް ސީގެ ދެވަނަ އަދި 2022 ވަނަ އަހަރުގެ ސެމީ ފައިނަލިސްޓް މޮރޮކޯއާއެވެ. 

ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ކުޅޭ ނެދަލަންޑްސް ޓީމުން މެޗުގެ ތިންވަނަ މިނެޓު ހަމަނުވަނީސް ކުރި ހޯދިއިރު، މިއީ ޓިއުނީޝިއާގެ ކެޕްޓަން އެލިއެސް ސުކީރީ އަތުން ބައިކޮށްލި ލަނޑެކެވެ. އޭނާ އަތުން މި ލަނޑު ވަނީ ޑެންޒެލް ޑަމްފްރީސް ހުރަސްކޮށްލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ.

ސަންޑަލޭންޑްގެ ބްރަޔަން ބްރޮބީ ނެދަލަންޑްސްގެ ދެވަނަ ލަނޑު ޖަހައިދިނީ، ވާޖިލް ވެން ޑައިކް ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ ކުރިމަތިން ވަރަށް ގާތުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.

މާ ބޮޑު އުނދަގުލަކާ ނުލައި ނެދަލަންޑްސްއިން މެޗު ކޮންޓްރޯލް ކުރިއިރު، ފެންވަރު ދަށްކޮށް ފެނުނު ޓިއުނީޝިއާގެ ކުޅުންތެރިން މަގާމުތަކުން ބޭރުކޮށް، ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ.

ނަމަވެސް، ދިފާއީ ގޯހެއްގެ ފައިދާ ނަގައި ޓިއުނީޝިއާއިން ދެވަނަ ހާފުގައި ލަނޑެއް ޖެހިއެވެ. މިއީ ކޯނަރަކުން އައި ބޯޅައެއްގައި މެންޗެސްޓަރ ސިޓީގެ ޓިޖާނީ ރެއިންޑާސްއަށް އޭނާ މާކްކުރަން ހުރި ކުޅުންތެރިޔާ ގެއްލުމުގެ ފައިދާ ނަގައި، ހާޒެމް މަސްތޫރީ ބޮލުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ.

ޔަން ޕޯލް ފަން ހެކޭ ނެދަލަންޑްސްއަށް އަލުން ދެ ލަނޑުގެ ލީޑެއް ހޯދައިދިނީ، ކޯނަރަކުން އައި ބޯޅައެއް ބޮލުން ގޯލާ ދިމާލަށް ފޮނުވާލުމުންނެވެ. މި ބޯޅަ ގޯލަށް ވަނީ ޓިއުނީޝިއާގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެވެ.

ޓިއުނީޝިއާ ގްރޫޕް އެފްގެ ފުލަށް ދިޔައީ ކުޅުނު ތިން މެޗުންވެސް ބަލިވެ، ޖުމްލަ 12 ލަނޑު ބައިކޮށްލައިގެންނެވެ.

ނެދަލަންޑްސްއިން ކުރިން ވެސް ގަދަ 32 ގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، ޖަޕާން އަތުން 4-0އިން ބަލިވުމުން ޓިއުނީޝިއާ ވަނީ މުބާރާތުން ކަޓާފައެވެ. އެހެންކަމުން ކެންސަސް ސިޓީގައި ކުޅުނު މި މެޗުގައި ކަނޑައަޅަން އޮތް ހަމައެކަނި ކަމަކީ ނެދަލަންޑްސްއަށް ގްރޫޕްގެ އެއްވަނަ ލިބޭނެތޯއެވެ.

އެޓީމުން ފަސޭހަކަމާއެކު އެއްވަނަ ހޯދިއިރު، އެނީސް ބެން ސިލްމާން އިސްވެ ހުރެ ޓިއުނީޝިއާ އިން މަދު ކައުންޓަރ އެޓޭކްތަކެއް އުފެއްދި ނަމަވެސް، ނެދަލަންޑްސް އަށް މާ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ.

މޫސުމީ އިންޒާރަކާ ގުޅިގެން މެޗު ގަޑިއަށް ފެށޭނެތޯ ސުވާލު އުފެދުނު ނަމަވެސް، މެޗު ފެށުމުގެ ކުރިން މޫސުން ރަނގަޅުވިއެވެ. ނަމަވެސް ދެ ޓީމަށް ވެސް ޖެހުނީ ބޯކޮށް ވާރޭވެހެމުންދިޔަ ވަގުތުތަކެއްގައި ކުޅޭށެވެ.

ނެދަލަންޑްސްއިން އެއްވަނަ މަގާމު ކަށަވަރުކުރީ ޖުމްލަ 20 ހަމަލާ އުފައްދައިގެންނެވެ. މީގެ ތެރެއިން 12 ހަމަލާ އުފެއްދީ ހަމައެކަނި ފުރަތަމަ ހާފުގައެވެ.

ޓިއުނީޝިއާއަށް މި ނަތީޖާއާ އެކު ނާކާމިޔާބު ވޯލްޑް ކަޕެއް ނިމިގެންދިޔައިރު، ފުރަތަމަ މެޗުގައި ސްވިޑަން އަތުން 5-1އިން ބަލިވުމާ ގުޅިގެން އެޓީމުގެ ކޯޗު ވަނީ މަގާމުން ވަކިކޮށްފައެވެ.

މިއީ ފަހަރުގައި މި މުބާރާތުގައި އެޓީމުން ދެއްކި އެންމެ ރަނގަޅު ކުޅުން ކަމަށް ވިޔަސް، ހާއްސަކޮށް ސުކީރީގެ ވަރުގަދަ ދިފާއީ ކުޅުމެއް ނުފެނުނު ނަމަ ނެދަލަންޑްސް އަށް މިއަށް ވުރެ ގިނަ ލަނޑު ޖެހުނީހެވެ. އަދި ދެ ޓީމުގެ ފެންވަރުގެ ތަފާތު ވަރަށް ބޮޑަށް ހާމަވެގެންދިޔައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު