ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެންމެ މެޗަކަށް ފަހު ޓިއުނީޝިއާގެ ކޯޗު މަގާމުން ވަކިކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސުވިޑަން އަތުން 5-1ގެ ބޮޑު ތަފާތަކުން ބަލިވުމާ ގުޅިގެން، ޓިއުނީޝިއަން ފުޓްބޯލް ފެޑެރޭޝަން (އެފްޓީއެފް)އިން އެ ގައުމުގެ ހެޑް ކޯޗު ސަބްރީ ލަމޫޝީ މަގާމުން ވަކިކޮށްފިއެވެ.

މިއީ ފަހުގެ ވޯލްޑް ކަޕް ތާރީޚެއްގައި އެންމެ އަވަހަށް ކޯޗަކު މަގާމުން ވަކިކުރި އެއް ފަހަރަށް ވާއިރު، އޮފިޝަލުން މި ނިންމުން ނިންމީ ގްރޫޕް ސްޓޭޖުގައި ކުރިއަށްދިއުމުގެ އުންމީދު އާކުރުމަށް ޓަކައި ވަގުތުން ބަދަލެއް ގެނައުމުގެ ބޭނުމުގައެވެ. 

މޮންޓެރޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސުވިޑަންގެ ވަރުގަދަ އެޓޭކްތަކުގެ ކުރިމަތީގައި ޓިއުނީޝިއާގެ "ކާތޭޖް އީގަލްސް"އަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ޑިފެންސްލައިނަށް ހެދުނު ގޯސްތަކަށް ބޮޑު އަގެއް ދައްކަން ޖެހުނެވެ. ކީޕަރު މުހީބް ޝަމާޚް ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ހެދުނު ގޯހަކުން ފުރަތަމަ ލަނޑު ވަންއިރު، ކެޕްޓަން އިލްޔާސް ސުޚީރީ އަށް ހެދުނު ގޯހަކުން އަނެއް ލަނޑު ވަނުމަށް މަގުފަހިވިއެވެ. ސުވިޑަންގެ ޔާސީން އަޔާރީ ދެ ލަނޑު ޖެހިއިރު، އެލެގްޒެންޑަރ އިސާކް އަދި ވިކްޓަރ ގްޔޮކެރޭސް ވެސް ވަނީ މި މެޗުގައި ލަނޑު ޖަހާފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ލަމޫޝީ ވަނީ މިއީ "އުނދަގޫ"އަދި "ވޭނީ"ނަތީޖާއެއްގެ ގޮތުގައި ސިފަކޮށް، ފުރަތަމަ މެޗުގައި ޓިއުނީޝިއާ އަށް "ވަރަށް ގިނަ ގޯސްތަކެއް"ހެދުނުކަމަށް އެއްބަސްވެފައެވެ. މި ބައްޔާއެކު ގްރޫޕް އެފްގައި ޖަޕާނާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ޓިއުނީޝިއާއަށް ވަނީ ބޮޑު ޕްރެޝަރެއް ކުރިމަތިވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު