ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ޤަތަރާ ދެކޮޅަށް ކުޅުނު މެޗުގައި ބޮސްނިއާ އެންޑް ހާޒެގޮވީނާގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށް އެޓީމުގެ ކޯޗު ސަރްގެއި ބާބެރޭޒް ބުނެފިއެވެ.
މި މެޗުން ބޮސްނިއާ މޮޅުވީ 3ލަނޑު 1ލަނޑުންނެވެ. މި ކާމިޔާބީއާ އެކު މުބާރާތުގެ 32ޓީމު ހިމެނޭ ބުރަށް ދަތުރުކުރުމުގެ އުންމީދު ބޮސްނިއާއަށް ވަނީ ވަރަށް ބޮޑަށް އާވެފައެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ބޮސްނިއާގެ ކޯޗު ބާބެރޭޒް ބުނީ، އަންޑަރޑޯގެއްގެ ގޮތުގައި މުބާރާތާ ކުރިމަތިލި ނަމަވެސް، އުންމީދު ކުރި ވަރަށް ވުރެ މާ ރަނގަޅު ކުޅުމެއް އެޓީމުން މިހާތަނަށް ދައްކާފައިވާ ކަމަށެވެ. އަދި އޭނާގެ ކުޅުންތެރިން މަސައްކަތް ކުރަމުންދަނީ ތާރީޚުގެ ތެރޭގައި އެކުޅުންތެރިންގެ ނަންތައް ލިޔެލެވޭތޯ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. މީގެއިތުރުން، ޤަތަރު މެޗުގައި ފެނުނު ކުޅުމަށް ތައުރީފް ކުރަމުން ބާބެރޭޒް ބުނީ، މި މެޗު 5 ލަނޑު 0ލަނޑުން ކާމިޔާބު ކުރެވުނު ނަމަ މާ ރަނގަޅުވީސް ކަމަށެވެ.
އަނެއްކޮޅުން، މި މެޗުން ބަލިވެ މުބާރާތުން ކެޓި ޤަތަރުގެ ކޯޗު ޖޫލިއަން ލޮޕެޓެގޫ ވަނީ، އެޓީމު ކޮޅަށް ލަނޑު ވަނުމަށް ފަހު ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފްކޮށްފައެވެ. ޚާއްޞަކޮށް މެޗުގެ ނަތީޖާ 2-1އަށް ބަދަލުކުރުމަށް ޤަތަރުގެ ކުޅުންތެރިން ކުރި މަސައްކަތް އޭނާ ފާހަގަކުރިއެވެ. ނަމަވެސް، ޤަތަރުން ރަނގަޅަށް ކުޅެމުންދަނިކޮށް ބޮސްނިއާއިން އިތުރު ލަނޑެއް ޖެހުމުން މެޗުގެ އުންމީދު ގެއްލުނު ކަމަށް ލޮޕެޓެގޫ އެއްބަސްވިއެވެ.
ލޮޕެޓެގޫ އިތުރަށް ހާމަކުރި ގޮތުގައި، މެޗުގެ ނަތީޖާ އެއްވަރުކުރުމަށާއި ކުރިހޯދުމަށް ޤަތަރަށް ރަނގަޅު ދެތިން ފުރުޞަތެއް ލިބުނެވެ. އެހެންނަމަވެސް، ބޮސްނިއާގެ ވަރުގަދަ ޑިފެންސް ދެވަނަ ފަހަރަށް ފޫއަޅުވާލެވޭ ގޮތެއް ޤަތަރަކަށް ނުވިއެވެ. މި ބައްޔާ އެކު ޤަތަރަށް ޖެހުނީ ގްރޫޕް ބީގެ އެންމެ ފުލުގައި އޮވެގެން މިފަހަރުގެ ވޯލްޑް ކަޕް ނިންމާލާށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.