ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސުވިޓްޒަލޭންޑް އަތުން ބަލިވެ ބޮސްނިއާގެ ހުވަފެންތަކަށް ހުރަސްތަކެއް!

ޝެއާ ކުރޭ Facebook Telegram Viber X

މެޗުގެ 71ވަނަ މިނެޓުގައި ކުޅެން އެރި ޖޯހަން މަންޒަމްބީ ޖެހި ދެ ލަނޑާއި، ރޫބެން ވަރްގަސް އަދި ގްރޭނިޓް ޝާކާ ކާމިޔާބުކުރި ލަނޑުތަކާ އެކު، ބޮސްނިއާ އެންޑް ހެރްޒެގޮވީނާ އަތުން 4-1އިން މޮޅުވެ، ވޯލްޑް ކަޕްގެ ގްރޫޕް ބީގެ އެއްވަނަ މަގާމު ސްވިޒަލެންޑުން ހޯދައިފިއެވެ.

10ކުޅުންތެރިންނާ އެކު މެޗް ނިންމައިލި ބޮސްނިއާއާ ދެކޮޅަށް ސުވިޓްޒަލޭންޑުން ފަހު ވަގުތު ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

ލޮސް އެންޖެލިސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފަހު ތިން ލަނޑު ސުވިޓްޒަލޭންޑުން ކާމިޔާބުކުރީ، 80ވަނަ މިނެޓުގައި ބޮސްނިއާގެ ޑިފެންޑަރު ތާރިކް މުހަރެމޮވިޗަށް ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ލަނޑު ޖަހަން ހުސްކޮށް ދިޔަ ބްރީލް އެމްބޮލޯއަށް ހުރަސްއެޅުމުންނެވެ. 

މެޗު ނިމުނުއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ގަތަރާ ދެކޮޅަށް ކުޅެ ހީނުކުރާ ފަދަ 1-1އަކުން އެއްވަރުވި ނަމަވެސް، އެއް މޮޅާއި އެއް އެއްވަރުވުމާއެކު ސުވިޓްޒަލޭންޑް އޮތީ ގްރޫޕްގެ އެއްވަނައިގައެވެ.

ގްރޫޕް ބީގެ އަނެއް މެޗުގައި ގަތަރާއި ކެނެޑާ ބައްދަލުކުރާއިރު، އެ މެޗުން މޮޅުވާ ޓީމަކަށް ޕޮއިންޓުގެ ގޮތުން ސުވިޓްޒަލޭންޑާ ހަމަކުރެވޭނެއެވެ. ސުވިޓްޒަލޭންޑް މަސައްކަތް ކުރަމުންދަނީ ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދިއުމަށެވެ.

ބޮސްނިއާގެ ބަދަލު ކުޅުންތެރިޔާ އާމިން މަހްމިޗް ވަނީ ދެވަނަ ހާފުގެ އިތުރު ވަގުތުގައި ބާރު ވޮލީއަކުން ބޮސްނިއާ އެންޑް ހެރްޒެގޮވީނާއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އެ ޓީމަށް މިހާތަނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ނަމަވެސް، ސުވިޓްޒަލޭންޑާ ދެކޮޅަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު ބަލްކަން ސަރަހައްދުގެ މި ޓީމަށް، މުބާރާތުގެ ކުރިއަށް ދިއުމުގެ ފުރުސަތެއް ހޯދުމަށްޓަކައި ގްރޫޕްގެ ފަހު މެޗުގައި ގަތަރާ ދެކޮޅަށް މިއަށްވުރެ ވަރުގަދައަށް ކުޅެން ޖެހޭނެއެވެ.

އެ ޓީމު ކޮޅަށް ވަން ފަސް ލަނޑަކީވެސް މެޗުގެ 70ވަނަ މިނެޓުގެ ފަހުން ވަދެފައިވާ ލަނޑުތަކެކެވެ. މީގެ ތެރޭގައި މުބާރާތުގެ ފުރަތަމަ މެޗުގައި ކެނެޑާއާ ދެކޮޅަށް ކުޅެ 1-1އިން އެއްވަރުވި މެޗުގައި ވަން ލަނޑު ވެސް ހިމެނެއެވެ.

އެހެން ނަމަވެސް، ސުވިޓްޒަލޭންޑްގެ ކޯޗު މުރާތު ޔަކިން، މަންޒަމްބީ ކުޅެން އެރުވުމާ ހަމައަށް ބޮސްނިއާގެ ޑިފެންސިވް ގޭމް ޕްލޭން ކާމިޔާބުވާނެ ކަމަށް ބެލެވުނެވެ.

އޭނާ ކުޅެން އެރިތާ މާގިނައިރެއް ނުވެ، ވަރްގަސް ވާތްފަރާތުން ހުސްވެގެން ގޮސް، ގޯލުގެ ދުރު ކަނަށް އަމާޒުކޮށް ހުރަހެއް ނަގައިދިނެވެ.

އަމާރު މެމިޗް އެ ބޯޅަ ބޮލުން ދިފާއުކުރަން އުޅުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ މަންޒަމްބީ ވަނީ ވަރަށް ހުޝިޔާރުކަމާއެކު ބާރު ވޮލީއަކުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އެ ބޯޅަ ހުއްޓުވުމަށް ބޮސްނިއާގެ ގޯލްކީޕަރު ނިކޮލާ ވަސިލްއަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ.

ބޮސްނިއާއަށް ރަނގަޅު ނަތީޖާއެއް ހޯދުމަށް އޮތް އުންމީދުތައް މުޅިން ގެއްލުނީ އޭގެ ހަ މިނެޓު ފަހުން، ފަހަތުން ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ޔާއޯ ޕިންހެއިރޯ، މުހަރެމޮވިޗަށް ރަތް ކާޑު ދެއްކުމުންނެވެ.

އޭގެ ހަތަރު މިނެޓު ފަހުން، އެމްބޮލޯ ޕެނަލްޓީ ސްޕޮޓް ކައިރިން ބޯޅަ ހިފަހައްޓައި، އޭނާގެ ވާތްފަރާތުގައި ހުސްކޮށް ހުރި ވަރްގަސްއަށް ދިން ބޯޅަ، އޭނާ ވަނީ ގޯލުގެ ތިރީ ކަނަށް ފޮނުވާލާފައެވެ.

މެޗުގެ 90ވަނަ މިނެޓުގައި މަންޒަމްބީ އޭނާގެ ދެވަނަ ލަނޑު ޖެހީ ވެސް ވަރްގަސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އަދި މަހްމިޗް ބޮސްނިއާއަށް ލަނޑެއް ޖަހައިދީފައި ވަނިކޮށް، ދެވަނަ ހާފުގެ އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި ތަޖުރިބާކާރު ކުޅުންތެރިޔާ ޝާކާ ވަނީ ޕެނަލްޓީއަކުން ސުވިޓްޒަލޭންޑްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު