ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގާނާ ކޯޗްގެ ފާޑުކިޔުން، ވީޑިއޯ އެސިސްޓެންޓް ރެފްރީ ދިޔައީ ކޮފީއަކަށް!

ޝެއާ ކުރޭ Facebook Telegram Viber X

އަންގާރަ ދުވަހު ކުޅުނު ވޯލްޑް ކަޕް މެޗުގައި އިންގްލެންޑް ސަލާމަތްވީ ޕެނަލްޓީއަކާއި ރަތް ކާޑަކުން ކަމަށް ބުނެ ގާނާގެ ކޯޗު ކާލޮސް ކޭރޯޒް މަޖާޒީ ގޮތަކަށް ވާހަކަދައްކައިފިއެވެ.

ގްރޫޕް އެލްގެ ފުރަތަމަ މެޗުތަކުން ދެ ޓީމުވެސް މޮޅުވެފައިވާއިރު، މެސެޗުސެޓްސްގެ ބޯ ވިލާގަނޑެއްގެ ތެރޭގައި ކުޅުނު މި މެޗުގައި، ރޭވުންތެރިކަމާ އެކު ކުޅުނު ބްލެކް ސްޓާސް (ގާނާ)އިން ވަނީ ފަހަތަށް ޖެހި، ތޯމަސް ޓުޗެލްގެ އިނގިރޭސި ޓީމަށް އުނދަގޫތަކެއް ކުރިމަތިކުރުވާފައެވެ.

ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗު 0-0އިން އެއްވަރުވިއިރު، އިންގްލެންޑުން ބޯޅަ ހިފަހައްޓައިގެން ކުޅެ 19ހަމަލާ އުފެއްދިއެވެ. މި މެޗުގެ ފަހުކޮޅު، އެޒްރީ ކޮންސާ، ޕްރިންސް އަދޫއަށް ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއެއް ހޯދުމަށް ގާނާއިން ކުރި އިލްތިމާސްތަކަށް އެއްވެސް ސަމާލުކަމެއް ނުލިބުނެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަދޫއަށް އޭގެ ކުޑައިރުކޮޅެއް ކުރިން ވަނީ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑްއާ މުޑިއަރައި އަނިޔާވެފައެވެ. ނަމަވެސް ޕިކްފޯޑަށް އަދަބު ދިނުމުގެ ބަދަލުގައި ރެފްރީ ދިނީ އިންގްލެންޑަށް ހިލޭ ޖެހުމެކެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނާގެ ހެޑް ކޯޗު ކޭރޯޒް ފީފާގެ އޮފިޝަލަކަށް ބަލާލުމަށް ފަހު ބުންޏެވެ. "ވޯލްޑް ކަޕްގައި އަދިވެސް ވީއޭއާރު މަސައްކަތް ކުރާކަމެއް އަހަންނަކަށް ޔަގީނެއް ނޫން. އަދިވެސް އަހަރެމެންގެ ވީއޭއާރު އެބައޮތްތަ؟ އެ މަސައްކަތް ކުރޭތަ؟"

"އެކަމާ މެދު އަހަރެންގެ ހިތުގައި ޝައްކުތަކެއް އެބަހުރި. ސަބަބަކީ ގާނާއަށް ދޭންޖެހޭ އިތުރު ޕެނަލްޓީއެއް، އިންގްލެންޑާ ދެކޮޅަށް ލިބެންޖެހޭ ސާފު ޕެނަލްޓީއެއް (ނުދީ ދޫކޮށްލުމުން)"

ފޮކްސްބޮރޯގައި އަންގާރަ ދުވަހު ކުޅުނު މި މެޗުގެ ވީއޭއާރު ރެފްރީއަކީ އެމެރިކާގެ އޮފިޝަލް އަރމަންޑޯ ވިލަރިއަލްއެވެ. އަދި މެޗުގެ މައި ރެފްރީއަކީ ހޮންޑިއުރަސްގެ ސައީދު މާޓީނޭޒްއެވެ.

ކޭރޯޒް އިތުރަށް ބުންޏެވެ. "އަހަރެމެންނަށް ފުރުސަތުތައް ލިބުނު. އެމީހުން ނަސީބު ގަދަ. އެމީހުން ވަރަށް ނަސީބުގަ ދަ"

"އަނެއްކާ ވެސް، ވީއޭއާރު ދިޔައީ ކޮފީއަކަށް. އެއީ އާދައިގެ ކަމެއް، އަހަރެންވެސް ބައެއް ފަހަރު ކޮފީއެއް ބޯލަން ބޭނުންވޭ، އެކަމަކު އެއީ ސާފު ޕެނަލްޓީއެއް، އަދި ރަތް ކާޑެއް"

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު