ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހާލު މުޅިން ރަނގަޅު، ގާނާއާ ދެކޮޅަށް ކުޅެވޭނެ: ޑެކްލަން ރައިސް

ޝެއާ ކުރޭ Facebook Telegram Viber X

އިންގްލެންޑްގެ މިޑްފީލްޑަރު ޑެކްލަން ރައިސްއަށް އަނިޔާވެފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

މީޑިއާގައި ބުނެފައިވާ ގޮތުގައި އަދި ބުދަ ދުވަހު ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އަތުން މޮޅުވި މެޗުގައި ބަދަލުކުރި ނަމަވެސް، އޭނާ ހުރީ "މުޅިން ރަނގަޅަށް"ކަމަށާއި ގާނާއާ ދެކޮޅަށް ކުޅެން ފިޓް ކަމަށް އޭނާ ބުންޏެވެ.

ސެން ފްރެންސިސްކޯގައި ކުޅުނު ގްރޫޕް އެލްގެ ފުރަތަމަ މެޗުން 4-2އިން އިންގްލެންޑް މޮޅުވި މެޗުގައި ހެރީ ކޭން ޖެހި ދެވަނަ ލަނޑަށް އެހީތެރިވެދިން ރައިސް، 72ވަނަ މިނެޓުގައި ބަދަލުކުރުމުން އިންގްލެންޑްގެ މުހިންމު ކުޅުންތެރިޔަކަށް އަނިޔާވީ ކަމަށް ބެލެވި ކަންބޮޑުވުން އުފެދުނެވެ.

ނަމަވެސް، އުމުރުން 27އަހަރުގެ ކުޅުންތެރިޔާ ހާމަކުރި ގޮތުގައި އާސެނަލްގައި ސީޒަނުގެ ދެވަނަ ބައިގައި އޭނާ އުޅުނީ "ނާރުގެ ރިހުމެއްގެ"އުނދަގުލުގައެވެ.

މެޗުން އަވަހަށް ބަދަލުކުރި ސަބަބާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ އައިޓީވީ ސްޕޯޓްސް އަށް ބުންޏެވެ "މުޅިން ރަނގަޅު،"

"މިއީ ހަމަ އާސެނަލްގައި ސީޒަނުގެ ދެވަނަ ބައިގައި އަހަރެން އުޅުނު އުނދަގޫ، އެކި ތަންތަނުން ކުޑަކޮށް ނާރުގެ ރިހުން ހުންނަނީ، އެކަމަކު އަހަރެން މުޅިން ރަނގަޅު"

"ހުރިހާ ކަމެއް ވެސް ރަނގަޅު، މިއީ ހަމައެކަނި ރައްކާތެރިކަމުގެ ފިޔަވަޅެއް. ގާނާއާ ދެކޮޅަށް އަހަރެން އަލުން ކުޅެން ނުކުންނާނަން"

ރައިސްގެ މި ވާހަކަތަކަކީ އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް އަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.

"އާންމު ގޮތެއްގައި އަހަރެން ޑެކްލަން ބަދަލެއް ނުކުރާނަން، އެކަމަކު އެއްވެސް ރިސްކެއް ނަގާކަށް ބޭނުމެއް ނުވި" ރައިސް ބަދަލުކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އޭނާ ވެސް ކަށަވަރުކޮށްދިނެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު