ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރެކޯޑަކަށް ފަހު ރެކޯޑެއް، މިރޭގެ ރެކޯޑްތައް ރޮނާލްޑޯއަށް

ޝެއާ ކުރޭ Facebook Telegram Viber X

ހިއުސްޓަންގައި މިރޭ ކުޅުނު މެޗުން އުޒްބެކިސްތާން އަތުން 5-0 އިން ޕޯޗުގަލް މޮޅުވި މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯ ވޯލްޑް ކަޕްގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.

މެޗުގެ ކުރީކޮޅު ލަނޑު ޖަހައި ލީޑު ހޯދައިދީގެން، ރޮނާލްޑޯ ވެގެންގޮސްފައި ވަނީ ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ފުރަތަމަ ހާފު ނިމެން ކުޑަތަންވެފައި ވަނިކޮށް އޭނާ ވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. މިހާރު އޭނާ އުޅެނީ ގޯލްޑަން ބޫޓް ރޭހުގެ ކުރީގައި އުޅޭ ލިއޮނަލް މެސީއަށް ވުރެ ތިން ލަނޑު ފަހަތުގައެވެ.

މިރޭ ޖެހި 2 ލަނޑާ އެކު 10 ލަނޑު ހަމަކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯއަކީ މިހާރު  ޕޯޗުގަލްގެ ތާރީޚުގައި ވެސް އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އޭނާ މި ރެކޯޑް ހޯދާފައި ވަނީ، މި މުބާރާތުގައި 9 ލަނޑު ޖަހާފައިވާ ލެޖެންޑަރީ ކުޅުންތެރިޔާ ޔޫސެބިއޯ ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ނޫނޯ މެންޑޭޒްއާއި ރަފައެލް ލެއާއޯގެ އިތުރުން އަބްދުކޯދިރް ހުސަނޯވް އަތުން ބައިކޮޅަށް ވަން ލަނޑާ އެކު ޕޯޗުގަލްއިން މެޗު ކާމިޔާބުކުރިއިރު، މިއީ ޑީއާރު ކޮންގޯއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މާޔޫސީ މެޗަށް ފަހު އެޓީމުން ހޯދި މުހިންމު މޮޅެކެވެ.

ވޯލްޑްކަޕްގައި ރޭ އާޖެންޓީނާއާއި އޮސްޓްރިއާ ބައްދަލުކުރި މެޗްގައި އާޖެންޓީނާގެ ލަޔަނަލް މެސީ ވެސް ވަނީ ރެކޯޑެއް ހަދައިފައެވެ. ޖަރުމަނުގެ މިރޮސްލާވް ކްލޯސާގެ އަތުގައި އޮންނަ ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑް މުގުރާލައި މެސީ ވަނީ އަދަދު 18އަށް މަތިކޮށްފައެވެ. ކުރީގެ ރެކޯޑަކީ 16އެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު