ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޞަލާހުއްދީން، ކަލާފާނު، ޖީއައިއެސް، ތާޖުއްދީން އަދި މުހްޔިއްދީންއަށް ދެވަނަ މޮޅު

ޝެއާ ކުރޭ Facebook Telegram Viber X

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕްގެ 15އަހަރުން ދަށުގެ އުމުރުފުރާގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ، ޞަލާހުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ޣިޔާޡުއްދީން އިންޓަނޭޝަނަލް ސްކޫލް (ޖީއައިއެސް)، ތާޖުއްދީން ސްކޫލް އަދި މުހްޔިއްދީން ސްކޫލުން މުބާރާތުގައި އެޓީމުތަކުގެ ދެވަނަ މޮޅު ހޯދައިފިއެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ޞަލާހުއްދީން ސްކޫލުން ވަނީ 22-04ގެ ސްކޯއަކުން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޞަލާހުއްދީންގެ ސެންޓަރ އާއިޝަތު ލަހްފާ އައްބާސްއެވެ. ދެވަނަ މެޗުގައި ކަލާފާނު ސްކޫލުން ދަރުމަވަންތަ ސްކޫލްގެ މައްޗަށް 21-07އިން ކުރިހޯދިއިރު، އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކަލާފާނުގެ ޖީއޭ ޖިއާ އާއިޝާ ހުސައިންއެވެ. މީގެއިތުރުން، ތިންވަނަ މެޗުގައި ޖީއައިއެސް އިން ވަނީ ރެހެންދި ސްކޫލް އަތުން 26-04އިން ބޮޑު މޮޅެއް ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ޖީއައިއެސްގެ ޖީއޭ އީޝަލް މުހައްމަދު އަޝްފާގުއެވެ.

އިއްޔެ ކުޅެވުނު ހަތަރުވަނަ މެޗުގައި ތާޖުއްދީން ސްކޫލުން ވަނީ ޖަމާލުއްދީން ސްކޫލްގެ މައްޗަށް 29-02ގެ ފަރަގަކުން ފަސޭހަ ކާމިޔާބީއެއް ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތާޖުއްދީންގެ ޖީއޭ އާއިޝަތު ތަނާލް ބިންތި އައިމަންއެވެ. އިއްޔެގެ އެންމެ ވާދަވެރި މެޗަކަށް ވެގެންދިޔައީ މުހްޔިއްދީން ސްކޫލާއި އިސްކަންދަރު ސްކޫލް ބައްދަލުކުރި މެޗެވެ. މި މެޗު 18-16ގެ ހަނި ތަފާތަކުން މުހްޔިއްދީން ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ އެޓީމުގެ ޖީކޭ އާޝިޔާ މަލައިކާ އަހްމަދުއެވެ.

މާލޭގެ ހުރިހާ ސްކޫލަކުން ވާދަކުރާ މި މުބާރާތަކީ 15އަހަރުން ދަށާއި 17އަހަރުން ދަށުގެ އުމުރުފުރާތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މަހުގެ 27ގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދުވެސް 15އަހަރުން ދަށުގެ ފަސް މެޗެއް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު