ބަޔާން މިއުނިކްގެ ވިންގަރ މައިކަލް އޮލީސޭ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން ޝައުގުވެރިވާ ކަމަށް ފެތުރޭ ޚަބަރުތަކާ ގުޅިގެން، ފްރާންސްގެ މި ކުޅުންތެރިޔާއާ އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށް ބުނެ ރެއާލް މެޑްރިޑުން ބަޔާނެއް ނެރެފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޖުލައި 2024ގައި ކްރިސްޓަލް ޕެލަސްއިން ބަޔާން މިއުނިކަށް ބަދަލުވި އުމުރުން 24 އަހަރުގެ ކުޅުންތެރިޔާއަކީ ރެއާލްގެ އަމާޒެކެވެ. ނަމަވެސް އެ ކްލަބުން ވަނީ އެ ކުޅުންތެރިޔާއަށް ޝައުގުވެރިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.
ރެއާލް މެޑްރިޑްގެ ބަޔާނުގައި ބުނެފައިވެއެވެ: "ބަޔާން މިއުނިކްގެ ކުޅުންތެރިޔާ މައިކަލް އޮލީސޭ ހޯދުމަށް އަހަރެމެންގެ ކްލަބުން ޝައުގުވެރިވާ ކަމަށް ބުނެ އެކި މީޑިއާތަކުގައި ޝާއިއުކޮށްފައިވާ މައުލޫމާތާ ގުޅިގެން، ރެއާލް މެޑްރިޑް ސީއެފްއިން ސާފުކޮށްދޭން ބޭނުން ވަނީ، އިސްވެދެންނެވުނު ފުޓްބޯޅަ ކުޅުންތެރިޔާއާ، އޭނާގެ މަންދޫބުންނާ ނުވަތަ އޭނާގެ ގާތް މީހުންނާ ވެސް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނެ ކަމެވެ.
"މީގެ އިތުރުން، ބަޔާން މިއުނިކާ އެކު އޮންނަ ފުރިހަމަ ގުޅުން ރެއާލް މެޑްރިޑުން ފާހަގަކުރަން ބޭނުންވެއެވެ. މިއީ ދެ ފަރާތުގެ ދެމެދުގައި އޮތް އިހުތިރާމާއި، އެއްބާރުލުމާއި، އަދި ގަދަރުކުރުމުގެ ދިގު ތާރީޚެއް ހިއްސާކުރާ ގުޅުމެކެވެ. އަދި ހަގީގަތާ ޚިލާފު ތޯތޯ ވާހަކަތައް ފެތުރެމުންދާތީ އެކަމާ ހިތާމަކުރަމެވެ.
"ދެ ކްލަބުގެ ދެމެދުގައި އަބަދުވެސް އޮންނަނީ އިތުބާރާއި މިއުޗުއަލް އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. މިއީ އެއް ކްލަބެއްގެ ކުޅުންތެރިޔަކަށް އަނެއް ކްލަބަކުން ޝައުގުވެރިވާނަމަ، އެންމެ ފުރަތަމަ ވާހަކަދައްކަން ވާނީ ދެ ކްލަބުގެ ދެމެދުގައި ކަމަށް ދެ ފަރާތުންވެސް ގަބޫލުކުރާ ކުރުމުން ހާމަވެއެވެ."
މޮޅު ކުޅުމާ އެކު ސީޒަން ނިންމައިލި އޮލީސޭ ދަނީ ވޯލްޑްކަޕްގައި ވެސް ތަފާތު ކުޅުމެއް ދައްކަމުންނެވެ. ސެނެގާލްއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗްގައި އެސިސްޓެއް ކޮށްދީ ފައިނަލް ތަރޑަށް 14 ޕާސް އޭނާ ޖަހައިދީފައި ވެއެވެ. އަދި 100 ޕަސެންޓް ޝޮޓް އެކުއެރެސީ ހޯދި އޮލީސޭ ވަނީ އެ މެޗްގެ މޭން އޮފް ދަ މެޗް ވެސް ހޯދައިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.