ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވިނީއަށް ރަތެއް، މޮރީނިއޯ ޕްރެސްގައި ބައިވެރިއެއް ނުވި

ޝެއާ ކުރޭ Facebook Telegram Viber X

ރެއާލް މެޑްރިޑްގެ ސަންތިއާގޯ ބާނަބެއޫގައި ވިޔަރެއާލާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ވިނީޝިއުސް ޖޫނިއާ، އިދިކޮޅު ކުޅުންތެރިއެއްގެ އިސްތަށިގަނޑުގައި ހިފައި ދެމުމާ ގުޅިގެން ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފިއެވެ.

މިއީ މި ސީޒަނުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކޭތީ ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ބްރެޒިލްގެ ފޯވާޑަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ.

މި މެޗުގެ ފުރަތަމަ 11އިން ވިނީޝިއުސްއަށް ޖާގަ ނުލިބުނުއިރު، އޭނާގެ ބަދަލުގައި ކަނާތު ވިންގަށް ނެރުނު ޔާން ޑިއޮމާންޑޭ ވަނީ މެޗުގެ 62ވަނަ މިނެޓުގައި ލަނޑެއް ޖަހައި ރެއާލަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން ޖޫޑް ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތަކުން ވިނީޝިއުސް ލަނޑެއް ޖަހައި ލީޑު ފުޅާކުރި ކަމަށް ހީވި ނަމަވެސް، ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑު ވަނީ ކެންސަލްކޮށްފައެވެ. ވީއޭއާރުގެ ރީޕްލޭއިން ފެނުނު ގޮތުގައި، ލަނޑު ޖެހުމުގެ ކުރިން ވިނީޝިއުސް ވަނީ ވިޔަރެއާލްގެ ނޭތަން ސަލީބާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގެންފައެވެ. މި ހާދިސާއާ ގުޅިގެން މެޗުގެ ރެފްރީ އިސިޑްރޯ ޑިއާޒް މޭރާ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކާފައެވެ.

އެ ލަނޑު ކެންސަލް ކުރުމުން ރެއާލްގެ ބެންޗުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ. މެޗަށްފަހު އިންސްޓަގްރާމްގައި ހިއްސާކުރި މެސެޖެއްގައި ވިނީޝިއުސް ބުނީ ކަންތައް ވެގެންދިޔަ ގޮތުން ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. މީގެ އިތުރުން، މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ބައިވެރިވެފައެއް ނުވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު