އިނގިރޭސި ކްލަބް އާސެނަލްއިން ބްރެޒިލްގެ ހުނަރުވެރި ފޯވަޑް ވިނީޝިއުސް ޖޫނިއާގެ ސޮއި ހޯދުމަށް ފާރަލަމުންދާ ދަނޑިވަޅެއްގައި، އޭނާގެ ކުރިމަގާ މެދު ގޮތެއް ކަނޑައެޅުމަށް ޓަކައި ސްޕެއިންގެ ރެއާލް މެޑްރިޑާ އެކު މި ހަފްތާގެ ތެރޭގައި އަލުން ވާހަކަތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިހާރު ހަފްތާއަކު 520،000ޔޫރޯގެ އާމްދަނީއެއް ލިބެމުންދާ ކުޅުންތެރިޔާ ބޭނުންވަނީ، ކްލަބުގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިންގެ ލިސްޓަށް އެރުމަށެވެ. އެގޮތުން، މުސާރައިގެ ގޮތުގައި މަދުވެގެން ހަފްތާއަކު ހަ ލައްކަ ޔޫރޯއަށް ޑިމާންޑުކުރަމުންދާއިރު، އިމޭޖް ރައިޓްސްއިން ލިބޭ ފައިދާގެ އެންމެ ބޮޑު އިންސައްތައެއް ވެސް އޭނާއަށް ލިބޭގޮތަށް ހަމަޖެއްސުމަށް އޭނާގެ އެޖެންޓުން ދަނީ ބާރުއަޅަމުންނެވެ.
ވޯލްޑް ކަޕަށް ފަހު ދިގު ޗުއްޓީއެއް ނެގުމަށް ފަހު ވިނީޝިއުސް މިހާރު ކްލަބުގެ ފަރިތަކުރުންތަކާ ގުޅިފައިވާއިރު، އޭނާގެ ކޮންޓްރެކްޓް އާކުރުމަށް ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތަށް އަދިވެސް އަލިމަގެއް ފެނިފައެއް ނުވެއެވެ. އޭނާގެ އެއްބަސްވުމުގެ މުއްދަތު 2027ވަނަ އަހަރުގެ ނިޔަލަށް އޮތް ނަމަވެސް، މި ވާހަކަތަކުން އެދެވޭ ނަތީޖާއެއް ނުނެރެވިއްޖެނަމަ، ހިނގަމުންމިދާ ސީޒަން ނިމުމާ އެކު ހިލޭ ޓްރާންސްފާއެއްގައި އެހެން ޓީމަކަށް ބަދަލުވުމުގެ ފުރުސަތު އޭނާއަށް އޮންނާނެކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ރެއާލްގެ ހިންގުމާ އަލަށް ހަވާލުވި ޕޯޗުގަލްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ވިނީޝިއުސް އެ ޓީމުގައި ބެހެއްޓުމަކީ އޭނާ ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަން ހާމަކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.