ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މޮރީނިއޯގެ އިންޒާރަށް ސަމާލުކަމެއް ނުދީ އެމްބާޕޭ ބައިސްކަލް ދުއްވައިފި

ޝެއާ ކުރޭ Facebook Telegram Viber X

ފްރާންސްގެ ގައުމީ ޓީމަށް ކުޅެނިކޮށް ލިބުނު އަނިޔާއަކުން ރަނގަޅުވަމުން އަންނަ ރެއާލް މެޑްރިޑްގެ ތަރި ކީލިއަން އެމްބާޕޭ، ބައިސްކަލް ދުއްވާ ވީޑިއޯއެއް އާންމުކުރުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ.

މިއީ އަނިޔާގައި ތިބޭ މުއްދަތުގައި ރައްކާތެރިވުމުގެ ގޮތުން ބައިސްކަލް ދުއްވުން ފަދަ ކަންކަމުން ދުރުހެލިވާން ޖެހޭނެ ކަމަށް ރެއާލްގެ ކޯޗު ހޯސޭ މޯރީނިއޯ ބުނެފައި ވަނިކޮށް އާންމުވި ވީޑިއޯއެކެވެ.

އެމްބާޕޭ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި މި ކުރު ވީޑިއޯއިން ފެންނަނީ ހެލްމެޓެއް އަޅައިގެން، ހިނިތުންވުމާ އެކު ރަށްފުށުގެ މަގަކުން ބައިސިކަލް ދުއްވާފައިދާ މަންޒަރެވެ. ހަތްދިހައިގެ އަހަރުތަކުގައި މަޝްހޫރުވި ލަވައެއް ކަމަށްވާ "ދަ ގުޑް ގާއިޒް، ދަ ބޭޑް ގާއިޒް"ބެކްގްރައުންޑް މިއުޒިކެއްގެ ގޮތުގައި ހިމަނާފައިވާ މި ވީޑިއޯއަކީ، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ދިން ރައްދެއް ކަމަށް ފްރާންސްގެ މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.

މީގެ ކުރިން ކޯޗު މޯރީނިއޯ ބުނެފައި ވަނީ ފުޓްބޯޅަ ކުޅުންތެރިއަކު 24ގަޑިއިރު ވެސް ހުންނަންޖެހޭނީ ސަމާލުވާންޖެހޭ ކަންކަމަށް ވިސްނައިގެން ކަމަށެވެ. އަދި ދިރިއުޅުމުގެ އާދަކާދަތަކާއި އަމިއްލަ ކަންކަމުގެ ސަބަބުން ކުޅުމަށް އަސަރުކޮށްފާނެ ކަންތައްތަކުން ދުރުވާންޖެހޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ. ހާއްސަކޮށް ބައިސިކަލް ދުއްވުމާއި ސްކީކުރުން ފަދަ ކަންކަމަކީ އަނިޔާވެ، މެޗުތަކުން މަހްރޫމްވެދާނެ ކަންކަން ކަމަށްވާތީ އެ ފަދަ ކަންކަން ދޫކޮށްލަންޖެހޭނެ ކަމަށް މޯރީނިއޯ ބުނެފައިވެއެވެ.

މިދިޔަ މަހުގެ 25ވަނަ ދުވަހު ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އެމްބާޕޭ ވަނީ ފްރާންސް ގައުމީ ޓީމުގެ ކޭމްޕުން ދޫކޮށްލާފަ އެވެ. ކުރިއަށް އޮތް ވިޔަރެއާލް މެޗުގައި އޭނާ ފެންނާނެ ކަމާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް، މި މަހުގެ 25ގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލް ކްލާސިކޯ މެޗަށް އޭނާ ފިޓްވާނެ ކަމަށް ބެލެވެއެވެ.

މި ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅުނު ލީގުގެ ހަތް މެޗުން އެމްބާޕޭ ވަނީ ހަތް ލަނޑު ޖަހާފައެވެ. މިވަގުތު ލީގު ތާވަލުގެ ކުރީގައި އޮތް ބާސެލޯނާއަށް ވުރެ ރެއާލް މެޑްރިޑް އޮތީ ހަ ޕޮއިންޓް ފަހަތުގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު