ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ނަފުރަތު އުފައްދާ ވާހަކަތައް ހިމެނޭ 388,000 ޕޯސްޓް ފޮހެލައިފި

ޝެއާ ކުރޭ Facebook Telegram Viber X

 ޖޫން 11 ވަނަ ދުވަހު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ފެށި ވޯލްޑް ކަޕާ ގުޅިގެން ސޯޝަލް މީޑިއާގައި ކޮށްފައިވާ ނަފުރަތު އުފައްދާ އެތައް ހާސް ކޮމެންޓެއް ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ފޮހެލައިފިއެވެ.

އެ ފެޑެރޭޝަނުން ބުނި ގޮތުގައި 3.8 މިލިއަން ޕޯސްޓް ރިވިއުކޮށްފައިވާއިރު، އޭގެ ތެރެއިން 388,000 ޕޯސްޓް ވަނީ ފޮހެލާފައެވެ. މުޅި 2022ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފޮހެލާފައި ވަނީ 287,000 ޕޯސްޓާއި ކޮމެންޓެވެ.

"250 މިލިއަނަށް  ވުރެ ގިނަ ކޮމެންޓާއި ޕޯސްޓް ރިވިއުކުރެވުނުއިރު، އޭގެ ތެރެއިން 30 މިލިއަނަށްވުރެ ގިނަ ޕޯސްޓަކީ ގެއްލުންދެނިވި ޕޯސްޓްތަކެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައި،" ފީފާއިން ބުންޏެވެ.

މިކަން އިއުލާންކޮށްފައިވަނީ ނަފުރަތު އުފައްދާ ވާހަކަތަކާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރުމަށާއި، ނަފުރަތު އުފައްދާ ވާހަކަތަކަށް އަމަލީ ހައްލުތަކެއް ހޯދުމަށް މަޝްވަރާކުރުމަށް ފީފާ، ޓިކްޓޮކް އަދި އެޓްލާންޓާ ސިޓީ ގުޅިގެން ނޭޝަނަލް ސެންޓަރ ފޯ ސިވިލް އެންޑް ހިއުމަން ރައިޓްސްގައި މޮޅު ކުޅުންތެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ޓެކްނޮލޮޖީގެ މާހިރުން އަދި މުޖުތަމައުގެ އިސްވެރިން އެއްކޮށް ބޭއްވި ބައްދަލުވުމެއްގައެވެ.

އެޓްލާންޓާ ސްޓޭޑިއަމްގައި ޗެކިއާ އާއި ސައުތު އެފްރިކާ ބައްދަލުކުރާ ފީފާ ވޯލްޑް ކަޕް 2026 ގެ މެޗުގެ ކުރީ ރޭ ބޭއްވި މި ޕެނަލް މަޝްވަރާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ނަފުރަތު އުފައްދާ ވާހަކަތައް ހުއްޓުވުމަށާއި، ކުޅިވަރު ރައްކާތެރިކުރުމަށާއި، އެއްބައިވަންތަކަމާއި ކުޅިވަރާއި މުޖުތަމައުގެ ބާރެއްގެ ގޮތުގައި ފުޓްބޯޅަ ދެމެހެއްޓުމަށް އެޅިދާނެ އަމަލީ ފިޔަވަޅުތަކުގެ މައްޗަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު