ކުޅުނު ފުރަތަމަ މެޗުން ތިން ޕޮއިންޓް ގެއްލުނު ސައުތު އެފްރިކާއާއި ޗެކް އެއްވަރުވެ ދެޓީމަށް ވެސް މުބާރާތުގައި ކުރިއަށް ދިޔުމަށް ހުރަސްތަކާ ކުރިމަތިވެއްޖެއެވެ.
ވޯލްޑް ކަޕްގެ ގްރޫޕް އޭގެ ދެވަނަ ބުރުގައި، އެމެރިކާގެ ޖޯޖިއާ ސްޓޭޓްގެ އެޓްލާންޓާ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗް އެއްވަރުވީ 1-1އިންނެވެ.
މެޗުގެ ހަވަނަ މިނެޓުގައި މިކަލް ސަޑިލެކް ކާމިޔާބުކޮށްދިން ލަނޑުން ޗެކިއާ އިން ކުރިހޯދާފައިވަނިކޮށް، ސައުތު އެފްރިކާއަށް ނަތީޖާ ހަމަހަމަކޮށްދިނީ 83ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޓެބޯހޯ މޮކޮއޭނާއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.