ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކޭޕް ވާޑޭގެ ތާރީޚީ މެޗްގެ ބަތަލަކީ 40 އަހަރުގެ ކީޕަރު

ޝެއާ ކުރޭ Facebook Telegram Viber X

އެޓްލާންޓާ ސްޓޭޑިއަމްގައި ރޭ ސްޕޭނާ ދެކޮޅަށް މެޗު ނިމުނުކަމުގެ ފަހު ކަށިގަނޑު ފުމެލުމާ އެކު، ކެމެރާތަކުގެ މިސްރާބު ހުރީ ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާއަށެވެ.

ވޯލްޑް ކަޕްގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ސްޕެއިންއާ 0-0އިން އޭނާގެ ޓީމު އެއްވަރުވުމުން، ހޯދުނު ކާމިޔާބީގެ ބޮޑުކަން އިހުސާސް ކުރެވި، 40އަހަރުގެ ކީޕަރުގެ ލޮލުން ކަރުނަ ހިލުނެވެ.

ސްޓޭޑިއަމްގެ ސަޕޯޓަރުންގެ ގޮނޑިބަރިތައް ގުގުމާލިއިރު، 90މިނެޓު ވަންދެން މެދުނުކެނޑި އަޑުގަދަކޮށް ޓީމަށް ހިތްވަރުދިން ކޭޕް ވާޑްގެ އެތައް ހާސް ސަޕޯޓަރުންނެއް ދިޔައީ އެކުގައި އުފާފާޅުކުރަމުންނެވެ. ބައްދާލުމާއި، ނެށުމުން މި ނަތީޖާގެ ފޮނިމީރުކަން ލިބިގަންނަމުންނެވެ.

ދަނޑުމަތީގައި، ކުޅުންތެރިން އުފަލުން ގޮސް އެކަކު އަނެކަކާ ދިމާއަށް ދުވިއެވެ. ވަކި ކޮޅަކަށް ނުޖެހޭ ސަޕޯޓަރުން ވެސް މި އުފާވެރިކަމުގައި ބައިވެރިވިއެވެ . މެޗު ނިމުނުއިރު، ގިނަ ބަޔަކު ދިޔައީ އުފާފާޅުކުރަމުންނެވެ.

ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއާ ދެކޮޅަށް، ތަޖުރިބާކާރު ކީޕަރު ވޮޒީނިއާ ވަނީ އޭނާގެ ހަޔާތުގައި ވެސް ދެއްކި އެންމެ މޮޅު ކުޅުން ދައްކައި، ބަތަލެއްގެ ގޮތުގައި ގޯލު ސަލާމަތްކޮށް، ގައުމުގެ ތާރީޚުގައި ވެސް އެންމެ ހަނދާންއާ ކުރާނެ ނަތީޖާ ހޯދައިދީފައެވެ.

"އަހަރެން ރޮވުނީ އަހަރެންގެ މަންމަ ނެތުމުން ވެސްމެ. ވިސާގެ ކަންތައްތައް ހަމަނުޖެހުމުގެ ސަބަބުން އޭނާއަށް މިތަނަށް ނާދެވުނު. ވިސާއަށް ދައްކަންޖެހޭ ފައިސާގެ ސަބަބުން، އަހަރެމެންނަށް ގަޑިއަށް އެކަން ނިންމައެއް ނުލެވުނު. އަހަރެން ބޭނުންވި މަންމަ މިތަނުގައި ހުންނަން" 

ޕޯޗްގަލް ލީގުގައި ކުޅެވުން އަންނަ ވޮޒީނިއާއަކީ ކޭޕް ވާޑޭގެ ތާރީޚްގައި އެ ޓީމަށް އެންމެ ގިނަ މެޗް ކުޅެދިން އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ އެ ގައުމަށް 87 މެޗް ކުޅެދީފައެވެ. އަދި ވޯލްޑްކަޕް ތާރީޚްގައި އެ ގައުމުން ކުޅުނު ފުރަތަމަ މެޗްގައި އޭނާ ވަނީ ކްލީން ޝީޓެއް ހޯދައި ބޮޑު 7 ސޭވްކޮށްފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު