ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އޮސްޓްރޭލިޔާ އަތުން ބަލިވީ ޖިސްމާނީ ގޮތުން ދަށްވުމުން: ތުރުކީ ކޯޗު

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އޮސްޓްރޭލިޔާ އަތުން 2-0ގެ ނަތީޖާއަކުން ތުރުކީ ބަލިވި މެޗަށް ފަހު، އެ ގައުމުގެ ކޯޗު ވިންސެންޒޯ މޮންޓޮޔާ ބުނީ ބަލިވާން ދިމާވީ ކުޅުންތެރިންގެ އިސްކޮޅު ކުރުވެފައި ޖިސްމާނީ ގޮތުން ހަށިގަނޑު ނިކަމެތިވުމުން ކަމަށެވެ.

މިއީ 2002ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ކުޅުނު ފަހުން، ތުރުކީން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުން ތުރުކީ ބަލިވުމަކީ ގިނަ ބަޔަކަށް ލިބުނު ބޮޑު ހައިރާންކަމެކެވެ. ސަބަބަކީ އޮސްޓްރޭލިޔާއާ އަޅާބަލާއިރު ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި ކުޅޭ ތުރުކީގެ ކުޅުންތެރިން ގިނަވުމާއި، ދެ ގައުމުގެ ފުޓްބޯޅައިގެ ފެންވަރުގެ ގޮތުން ބޮޑު ތަފާތެއް ހުރުމެވެ. ނަމަވެސް، މެޗުގައި ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ކޯޗު މޮންޓޮޔާ ބުނީ މި ބަލިވުމުގެ ސަބަބުން ވަރަށް ބޮޑަށް ދެރަވެފައިވާ ކަމަށާއި، އެހެންނަމަވެސް މިއިން އަރައިގަތުމަށް އަދި ވަގުތު އެބައޮތް ކަމަށެވެ. މެޗު ފެށުނީއްސުރެ ވެސް އޮސްޓްރޭލިޔާގެ ކުޅުންތެރިންނަށް ވުރެ ތުރުކީގެ ކުޅުންތެރިން ލަސްކަން ފާހަގަކުރެވުނު ކަމަށް އޭނާ ބުންޏެވެ.

"އެމީހުން ވަރަށް ދިގު. މިހެންވީމާ ވަރަށް އުނދަގޫވި ވަރަށް ގިނަ ފަހަރު އެ މީހުންނާ ގަޔާ ޖެހިގެން ކުޅެން" ކޯޗު ބުންޏެވެ.

ތުރުކީގެ ކެޕްޓަން އަދި އިޓަލީގެ އިންޓަމިލާނަށް ކުޅޭ ހަކާން ކަލްހަނޯގްލޫ ވެސް ވަނީ އޮސްޓްރޭލިޔާގެ ކުޅުންތެރިންގެ ހުނަރުވެރިކަމަށް ތައުރީފުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ތުރުކީގެ ކުޅުންތެރިންނަށް ވުރެ އޮސްޓްރޭލިޔާގެ ކުޅުންތެރިންގެ ހުނަރުވެރިކަން މެޗުގައި ފެނިގެންދިޔައެވެ. މި ގްރޫޕުގައި މި ދެ ގައުމުގެ އިތުރުން ދެން ހިމެނެނީ ޕެރެގުއޭއާއި މުބާރާތް ބާއްވާ ގައުމު ކަމަށްވާ އެމެރިކާއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު