ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޖަރުމަނު އަތުން ޕޮއިންޓެއް ހޯދިދާނެކަމަށް ކުރަސާއޯ ގަބޫލުކުރޭ

ޝެއާ ކުރޭ Facebook Telegram Viber X

ކުރަސާއޯގެ ތާރީޚީ ،ފުރަތަމަ ވޯލްޑް ކަޕް މެޗުގައި، ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނު އަތުން ޕޮއިންޓެއް ހޯދިދާނެކަމަށް އެ ޓީމުގެ އުމުރުން 78 އަހަރުގެ ޑަޗް ކޯޗު އެޑްވޮކާޓް ބުނެފިއެވެ.

ކުރަސާއޯއަކީ ނެދަލެންޑްސްއާއި ދެކުނު ކޮރެއާއަށް ފަހު، އެޑޮވޮކާޓް ވޯލްޑް ކަޕެއްގައި އިރުޝާދުދޭ ތިންވަނަ ގައުމެވެ.

ކްލަބް ލެވެލްގައްޔާއި ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ބޮޑު ތަޖުރިބާއެއް ލިބިފައިވީ ނަމަވެސް، އެޑްވޮކާޓް ބުނީ އެންމެ 160,000 މީހުންގެ އާބާދީއެއް އޮތް ގައުމެއް ވޯލްޑް ކަޕަށް ގެންގޮސްދިން ޓީމު ރޫހަކީ އޭނާއަށް މިހާތަނަށް ފެނުނު އެންމެ ވަރުގަދަ ރޫހު ކަމަށެވެ.

"މި ޓީމުގައި އޮތް ކަހަލަ ޓީމު ރޫހެއް އަހަރެން މީގެ ކުރިން ދުވަހަކު ވެސް ނުދެކެން. ގައުމެއްގެ ގޮތުގައި އަހަރެމެން މި ޖަޒީރާ ގައުމަށް ޓަކައި މޮޅުވާން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން، އެކަމަކު އަހަރެމެންނަކީ ފޭވަރިޓުންނެއް ނޫން،" އިއްޔެ ބޭއްވި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެޑްވޮކާޓް ބުންޏެވެ.

"އަހަރެމެން ބޭނުންވަނީ އަހަރެމެންނަށް ކުރެވޭނެ ކަންތައްތަކާއި އަހަރެމެންގެ ފެންވަރު ދައްކާލަން. އަދި ކުރަސާއޯގެ ރައްޔިތުންނަށް ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އަހަރެމެން ދައްކައިދިން ކަންތައްތަކަކީ ހައިރާންކުރުވަނިވި ކަންތައްތަކެއް."ވޯލްޑް ކަޕެއްގައި ޓީމަކަށް އިރުޝާދުދޭ އެންމެ ދުވަސްވީ ކޯޗް އެޑްވޮކާޓް ބުންޏެވެ.

ކުރީގެ ރޭންޖާސް އަދި ޕީއެސްވީގެ ކޯޗު މީގެ ކުރިން އަށް ގައުމެއްގެ ގައުމީ ޓީމަށް އިރުޝާދުދީފައިވާ އިރު، އޭނާ ބުނީ ކިއުރަސާއޯއާ އެކު ކޮލިފައިވުމަކީ ކޯޗެއްގެ ގޮތުގައި މިހާތަނަށް ހާސިލްކުރެވުނު އެންމެ އާދަޔާ ހިލާފު ކާމިޔާބީ ކަމަށެވެ.

ގްރޫޕް އީގައި ޖަރުމަނާ ދެކޮޅަށް ކުޅުމުގެ އިތުރުން، އެމީހުން ނުކުންނާނީ ދެކުނު އެމެރިކާގެ ކޮލިފައިންގެ ދެވަނަ ހޯދި އެކުއެޑޯއާއި އެފްރިކާގެ ބާރެއް ކަމަށްވާ އައިވަރީ ކޯސްޓާ ދެކޮޅަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު