ގައުމީ ވޮލީ ލީގުގެ ދެވަނަ ޑިވިޝަންގެ އަންހެން ތިންވަނަ ރާއްޖެ ވޮލީ ކްލަބް ހޯދައިފިއެވެ.
ތިންވަނަ ހޮވުމަށް އިއްޔެ ހަވީރު ރޭ ސޯޝަލް ސެންޓަރގެ އިންޑޯ ހޯލްގައި ކުޅުނު މެޗް ރާއްޖެ ވޮލީ ކާމިޔާބުކުރީ ހެޕީ ސްޕޯޓްސް ކްލަބް ،3-2 ސެޓުން ބަލިކޮށްގެންނެވެ.
މެޗްގެ ފުރަތަމަ ސެޓް ކާމިޔާބުކުރީ ހެޕީ ސްޕޯޓްސް ކްލަބުނެނެވެ. ސެޓް ނިމުނީ 25-13އިންނެވެ. ނަމަވެސް ރާއްޖެވޮލީއިން ވަނީ 25-21އިން ސެޓް ގެންގޮސްފައެވެ. ކުޅުން ރަނގަޅުކޮށް ހެޕީ ސްޕޯޓްސްއިން ތިންވަނަ ސެޓް އަނެއްކާ ވެސް ގެންދިޔައެވެ. ސެޓް ނިމުނީ 25-14އިންނެވެ. މެޗް ނިންމާލަން ހެޕީ ސްޕޯޓްސްއަށް ލިބުނު ހަތަރުވަނަ ސެޓް އެ ޓީމްގެ ކުޅުން ދިޔައީ ދަށްކޮށް މިސްޓޭކްތައް ގިނަކޮށެވެ.
ނަތީޖާއެއްގެ ގޮތުން ފަސްވަނަ ސެޓަކަށް ދާން މަޖުބޫރުވީ ރާއްޖެވޮލީއިން ހަތަރުވަނަ ސެޓް ކާމިޔާބުކުރުމުންނެވެ. އެ ސެޓް ނިމުނީ 25-09އިންނެވެ. މިއާ އެކު މެޗްގެ ސްކޯރ ކަނޑައެޅި ފަސްވަނަ ސެޓް ރާއްޖެވޮލީއިން 15-13އިން ނިންމައިލިއެވެ.
މުބާރާތުގެ އަންހެން އަދި ފިރިހެން ފައިނަލް މިއަދު ހަވީރާއި މިރޭ ކުޅޭނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.