ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ދެވަނަ ޑިވިޝަން ވޮލީ: ފިރިހެން ފައިނަލަށް ސަން ސްޕޯޓްސްއާއި ސްޕޯޓްސް ކްލަބް ސިޓީ

ޝެއާ ކުރޭ Facebook Telegram Viber X

ގައުމީ ދެވަނަ ޑިވިޝަންގެ ވޮލީ ލީގުގެ ފިރިހެން ފައިނަލަށް ސަން ސްޕޯޓްސް ކްލަބާއި ސްޕޯޓްސް ކްލަބް ސިޓީ ދަތުރުކޮށްފިއެވެ.

ސަން ސްޕޯޓްސް ފައިނަލަށް ދިޔައީ ސެމީގައި ޔުނައިޓެޑް ހެންވެރިއަންސް ބަލިކޮށްފައެވެ. އިއްޔެ ސޯޝަލް ސެންޓަރ އިންޑޯ ހޯލްގައި ކުޅުނު މި މެޗު ސަން ސްޕޯޓްސް ގެންދިޔައީ 3ސެޓް 1ސެޓުންނެވެ. އެއީ 18-25،25-23،25-26އަދި 18-25އިންނެވެ.

 އިއްޔެ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ސްޕޯޓްސް ކްލަބް ސިޓީ، ލަޔަންސް ރެކްރިއޭޝަން ކްލަބު އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 25-20،25-20،14-25އިންނެވެ.

މި މުބާރާތުގެ ފައިނަލް އޮންނާނީ މާދަމާ ރެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު