ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފޯރިގަދަ މެޗަކަށް ފަހު ތިންވަނަ ހެންވެރިއަންސްއަށް

ޝެއާ ކުރޭ Facebook Telegram Viber X

ގައުމީ ވޮލީ ލީގުގެ ދެވަނަ ޑިވިޝަންގެ ފިރިހެން ތިންވަނަ ޔުނައިޓެޑް ހެންވެރިއަންސް ހޯދައިފިއެވެ.

ތިންވަނަ ހޮވުމަށް ރޭ ސޯޝަލް ސެންޓަރގެ އިންޑޯ ހޯލްގައި ކުޅުނު މެޗް ހެންވެރިއަންސް ކާމިޔާބުކުރީ ލަޔަންސް ރެކްރިއޭޝަން ،3-2 ސެޓުން ބަލިކޮށްގެންނެވެ. މެޗްގެ ފުރަތަމަ ސެޓް ކާމިޔާބުކޮށް ތިންވަނައިގެ އުއްމީދު އާކުރީ ލަޔަންސްއިންވެ. ވާދަވެރި ކުޅުމަށް ފަހު އެ ސެޓް ލަޔަންސް ގެންދިޔައީ 23-25އިންނެވެ. ނަމަވެސް ދެވަނަ ސެޓް ހަމަ އެ ނަތީޖާއިން ހެންވެރިއަންސް ގެންގޮސް މެޗުތެރެއަށް ވަނެވެ. އަދި ތިންވަނަ ސެޓް 25-22އިން ކާމިޔާބުކޮށް މެޗް ގެންދަން ނުކުތް ހަތަރުވަނަ ސެޓަށް މި ފަހަރު ލަޔަންސް ހުރަސްއެޅީ ހަމަ 25-22 އިންނެވެ. މިއާ އެކު ނަތީޖާ ނެރުމަށް ފަސްވަނަ ސެޓަކަށް ދާން ޖެހުނެވެ.

 ނަތީޖާ ކަނޑައެޅި ސެޓް ހެންވެރިއަންސް ގެންދިޔައީ 15-13އިންނެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ފައިނަލް މިއަދު ހަވީރާއި މިރޭ ކުޅޭނެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު