ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރެއާލްގެ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ޕެރޭޒް ކާމިޔާބުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ރެއާލް މެޑްރިޑްގެ ރައީސްކަމުގެ މަގާމުގައި މިހާރުވެސް ހުންނެވި ފްލޮރެންޓީނޯ ޕެރޭޒް، އެ ކުލަބުން ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި މަގާމު ދިފާއުކޮށްފިއެވެ.

 މިއީ 2006 ވަނަ އަހަރުގެ ފަހުން އެ ކުލަބުގައި ވާދަވެރި ރައީސްކަމުގެ އިންތިހާބެއް ބޭއްވި ފުރަތަމަ ފަހަރެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އަދި އިއުލާންކޮށްފައި ނުވި ނަމަވެސް، ވޯޓުލީ ގާތްގަނޑަށް 25،000 މީހުންގެ ތެރެއިން 64 އިންސައްތަ ވޯޓު ކާމިޔާބު ކުރީ އުމުރުން 79 އަހަރުގެ ޕެރޭޒެވެ.

މި އިންތިހާބުގައި ޕެރޭޒާ ވާދަކުރި އުމުރުން 37 އަހަރުގެ އެންރީކެ ރިކުއެލްމޭ ވަނީ ނަތީޖާ ގަބޫލުކޮށް ޕެރޭޒަށް މަރުހަބާ ވިދާޅުވެފައެވެ. ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް ރިކުއެލްމޭ ބުންޏެވެ.

"މިއީ އަދި ނިމުމެއް ނޫން. މިއީ އަދި ފެށުމެއް. އެކަމަކު މިވަގުތަށް ޕެރޭޒަށް މަރުހަބާ ކިޔަން،" ރިކުއެލްމޭ ބުންޏެވެ.

އިންތިހާބު ކާމިޔާބު ކުރުމަށް ފަހު، ރެއާލްގެ ސެންތިއާގޯ ބާނަބައު ސްޓޭޑިއަމް ކައިރީގައި ހުންނަ އޭނާގެ ކެމްޕޭން މަރުކަޒުގައި ވާހަކަދައްކަމުން ޕެރޭޒް ބުނީ ، ރެއާލް މެޑްރިޑް ދިފާއުކުރުމުގައި އޭނާ އަބަދުވެސް ދެމިހުންނާނެ ކަމަށެވެ. އަދި ކުރިއެކޭ ވެސް އެއްފަދައިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން އެ ކުލަބަށް ގެނައުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ.

ޕެރޭޒްގެ މިހާރުގެ ދައުރު ހަމަވާން ތިން އަހަރު ބާކީ އޮއްވައި ކުއްލި ގޮތަކަށް އިންތިހާބެއް ބާއްވަން ނިންމީ، އިދިކޮޅު ފަރާތްތަކުން އޭނާއަށް އަމާޒުކުރަމުންދިޔަ ފާޑުކިޔުންތަކާ ގުޅިގެންނެވެ. ރެއާލްގެ ރައީސްކަމަށް ޕެރޭޒް އެންމެ ފުރަތަމަ އިންތިހާބުވީ 2000 ވަނަ އަހަރުއެވެ. އޭގެ ފަހުން 2009، 2013، 2017، 2021 އަދި 2025 ވަނަ އަހަރު ބޭއްވި އިންތިހާބުތައް އޭނާ ކާމިޔާބު ކުރީ އެއްވެސް ވާދަވެރިއަކު ނެތިއެވެ.

ރެއާލްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ރައީސްގެ ގޮތުގައި ފާހަގަކުރެވޭ ޕެރޭޒަށް ފަހަކަށް އައިސް ފާޑުކިޔުންތައް އަމާޒުވީ، ވޭތުވެދިޔަ ދެ ސީޒަނުގައި އެއްވެސް މުބާރާތެއްގެ ތައްޓެއް ނުލިބި ކުލަބަށް ނިންމާލަން ޖެހުމުންނެވެ. މި މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން އޭނާ ވަނީ ޓީމަށް ބަދަލުތަކެއް ގެނައުމަށް، ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އަލުން އެ ކުލަބުގެ އައު ކޯޗަކަށް ހަމަޖައްސައިފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު