ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ ފުރަތަމަ އިޚްތިޔާރަކީ ކްލޮޕް: ރިކޭލްމޭ

ޝެއާ ކުރޭ Facebook Telegram Viber X

 މާދަމާ ބާއްވާ ރެއާލް މެޑްރިޑްގެ ރައީސްގެ އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ، އެ ޓީމްގެ ކޯޗުކަމަށް އޭނާ އިޚްތިޔާރު ކުރާނީ ޔާގަން ކްލޮޕް ކަމަށް ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓް އެންރީކޭ ރިކޭލްމޭ ބުނެފިއެވެ.

ރެއާލް މެޑްރިޑްގެ އިންތިޚާބުގައި ރިކޭލްމޭ ވާދަކުރައްވާނީ ފްލޮރެންޓީނޯ ޕެރޭޒްއާއެވެ. ރިކޭލްމޭ ވަނީ އޭނާ އިންތިޚާބުވެއްޖެ ނަމަ އާލިން ހާލަންޑް ސޮއިކުރުވަން މަސައްކަތްކުރާނެ ކަމަށް މީގެ ކުރިން ބުނެފައެވެ. އަދި އެކަމާ ގުޅިގެން، ހާލަންޑްގެ އިމޭޖް ރައިޓްސްއާ ގުޅޭގޮތުން ގާނޫނީ ފިޔަވަޅު އެޅުމަށް މެންޗެސްޓަރ ސިޓީން ދަނީ ވިސްނަމުންނެވެ.

ރިކޭލްމޭގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ:  މި އާދީއްތަ ދުވަހު މެންބަރުން އަހަންނަށް އިތުބާރު ކޮށްފި ނަމަ، ޖޫން 8ވާ ހޯމަ ދުވަހު، ރައުލް ގޮންޒާލޭޒް ބްލަންކޯ [ރެއާލް މެޑްރިޑްގެ ސްޕޯޓިންގ ޑިރެކްޓަރު] ޔާގަން ކްލޮޕްއާ ގުޅައި އަހަރެމެންގެ ކުޅިވަރު މަޝްރޫއާއި، ރެއާލް މެޑްރިޑްގެ އާ ދައުރު ބެންޗުން އިސްވެ ހުރެ ކުރިއަށް ގެންދިއުމަށް އޭނާ ބޭނުންވާކަން ހާމަކުރާނެއެވެ."

ރިކޭލްމޭއާ ވާދަކުރާ ޕެރޭޒްގެ ޗޮއިސްއަކީ ހޯސޭ މޮރީނިއޯއެވެ. މޮރީނިއޯގެ މިހާރުގެ ކްލަބު ،ބެންފީކާއިން ވެސް ވަނީ ޕެރޭޒް އިންތިޚާބު ކާމިޔާބު ކޮށްފި ނަމަ، ލިޒްބަންގެ ކްލަބުގެ ހެޑް ކޯޗުގެ މަގާމުން މޮރީނިއޯ ވަކިވާނެކަން އިއުލާންކޮށްފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު