2025/2026ގެ ފުޓްބޯޅަ ސީޒަން ނިމިފައިވާ އިރު ލީގުތަކުން ދަނީ ޓްރާންސްފަރ ބާޒާރަށް ނިކުމެފައެވެ. އާ ސީޒަނަށް ޓީމްތައް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ވޯލްޑްކަޕަކީ މި ބާޒާރުގެ ޑިމާންޑް އުފުލޭނޭ ފުޓްބޯޅައިގެ އެންމެ ބޮޑު ޢީދުކަމަށްވީ ނަމަވެސް މިހާރު ވެސް އެކި މެނޭޖްމަންޓްތަކުން ދަނީ ޓްރާންސްފަރގެ ޙަރަކާތްތައް ފަށައިފައެވެ. އެ ގޮތުން ފާހަގަކޮށްލެވޭ މޫވްމަންޓްތައް އެކި މީޑިއާތަކުން ރިޕޯޓްކުރަމުން ދެއެވެ.
- ލިވަޕޫލުން ވަކިކޮށްފައިވާ ހެޑް ކޯޗު އާން ސްލޮޓްގެ ބަދަލުގައި އެންޑޯނީ އިރައޯލާ އައްޔަންކުރުމާ ބެހޭގޮތުން މި ހަފުތާގައި އޭނާއާ އެކު ރަސްމީ ވާހަކަތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެ ގޮތަށް ޕެޕް ގާޑިއޯލާގެ ބަދަލުގައި އެންޒޯ މަރެސްކާ އައްޔަންކުރުމަށް މެންޗެސްޓަރ ސިޓީން ދަނީ ވާހަކަތައް ކުރިއަށް ގެންދަމުންނެވެ. އަދި އޮލިވާ ގްލާސްނާގެ ބަދަލުގައި ކްރިސްޓަލް ޕެލަސްގެ ކޯޗުކަމަށް ގެންނާނެ ކެންޑިޑޭޓުންގެ ގޮތުގައި ޕިއޭ ސޭޖް، ފްރޭންކް ލަމްޕާޑް އަދި ޑީނޯ ޓޮޕްމުލާ އަށް އެ ކްލަބުން ދަނީ ވިސްނަމުންނެވެ.
- ރެއާލް މެޑްރިޑްގެ ކުރިއަށް އޮތް އިންތިޚާބުގެ ސަބަބުން ހޯސޭ މޮރީނިއޯ އައްޔަންކުރުން ލަސްވަމުންދާއިރު، މީގެ ސަބަބުން ފުލަމްގެ ބޮސް މާކޯ ސިލްވާ ހޯދުމަށް ބެންފީކާއިން ކުރާ މަސައްކަތަށް ވެސް ހުރަސް އެޅިދާނެއެވެ.
- ލިވަޕޫލްގެ ކޮންޓްރެކްޓް ހަމަވުމުން އިބްރާހިމާ ކޮނާޓޭ އެ ކްލަބް ދޫކޮށްލާނެކަން އެ ކްލަބުން ވަނީ އިޢުލާންކޮށްފައެވެ.
- މެންޗެސްޓަރ ޔުނައިޓެޑުން ދަނީ އެޓަލާންޓާގެ މިޑްފީލްޑަރު އެޑަސަން ހޯދުމުގެ އެއްބަސްވުން ފައިނަލް ކުރުމާ ގާތްވަމުންނެވެ.
- އެތުލެޓިކޯ މެޑްރިޑުން ހޫލިއަން އަލްވަރޭޒް ބާސެލޯނާއަށް ވިއްކާލުމަށް ދެކޮޅު ހަދަމުންދާއިރު، އެ ކްލަބުން ވަނީ ވާދަވެރި ބާސާގެ އުކުޅުތަކަށް ފާޑުކިޔާފައެވެ.
- ސިޓީ ދޫކޮށްލި ބެނާޑޯ ސިލްވާ ހިލޭ ޓްރާންސްފާއެއްގައި ހޯދުމަށް ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑުން ދަނީ ވާދަކުރަމުންނެވެ.
- މެންޗެސްޓަރ ސިޓީގެ ޓިޖާނީ ރެއިންޑާސް ހޯދުމަށް އެތުލެޓިކޯ މެޑްރިޑުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.