ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގެބްރިއަލް ޖީސަސް ބާާސެލޯނާއަށް!

ޝެއާ ކުރޭ Facebook Telegram Viber X

ސްޕެއިންގެ މަޝްހޫރު ފުޓުބޯޅަ ކުލަބު ބާސެލޯނާގެ ކުރިއަށް ކުޅެމުންދިޔަ މުހިންމު ދެ ފޯވާޑަކު ޓީމު ދޫކޮށްލުމުން އެތަން ފޫބެއްދުމުގެ ގޮތުން، އިނގިރޭސި ކުލަބު އާސެނަލްއަށް ކުޅެމުންދިޔަ ބްރެޒިލްގެ ތަޖުރިބާކާރު ފޯވާޑް ގެބްރިއަލް ޖީސަސް 10މިލިއަން ޔޫރޯގެ ފީއަކަށް އެ ކުލަބަށް ބަދަލުވާން މިއަދު ނިންމައިފިއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖީސަސް ބާސެލޯނާއާ އެކު ސޮއިކުރަން ހަމަޖެހިފައިވާއިރު، އޭނާގެ ކުޅުން ރަނގަޅު ނަމަ އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އައުކުރެވޭނެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ. މި އެއްބަސްވުމުގެ ކަންކަން ރަސްމީކޮށް ނިންމައި، މެޑިކަލް ޓެސްޓުތައް ފުރިހަމަ ކުރުމަށް ޓަކައި މާދަމާގެ ވަގުތެއްގައި އޭނާ ސްޕެއިނަށް ފުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ބާސެލޯނާއިން އައު ފޯވާޑެއް ހޯދުމުގެ މަސައްކަތް ފެށީ އެ ޓީމުގެ އެޓޭކިން ލައިންގައި އިސްކޮށް ހަރަކާތްތެރިވަމުން އައި ރޮބަޓް ލެވަންޑޯސްކީއާއި ފެރަން ޓޮރޭޒް ކުލަބު ދޫކޮށްލުމާ ގުޅިގެންނެވެ. ޖީސަސް ގެނައުމުގެ ކުރިން އެ ކުލަބުން ވަނީ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒްގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންދާ މާކަސް ރަޝްފޯޑް ގެންނަން މަސައްކަތްކޮށްފައެވެ. ނަމަވެސް، އެތްލެޓިކޯއިން އަލްވަރޭޒް ދޫކުރަން ބޭނުން ނުވުމާއި، އަދި ނިމިދިޔަ ސީޒަނުގައި ލޯނު އުސޫލުން ބާސާއަށް ކުޅުނު ރަޝްފޯޑް ވިއްކާލަން ޔުނައިޓެޑުން އިންކާރު ކުރުމުން އެ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

މީގެ ކުރިން މެންޗެސްޓަރ ސިޓީގައި ވިދާލި ޖީސަސްގެ ފޯމު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަނިޔާގެ ސަބަބުން އާސެނަލްގައި އޭނާ ހޭދަކުރި ފަހު ދެ ސީޒަނުގައި އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، އެ ކުލަބަށް ކުޅެދިން 84މެޗުގައި އޭނާއަށް ކާމިޔާބު ކުރެވުނީ އެންމެ 21ލަނޑެވެ. އޭނާގެ އެންމެ ކާމިޔާބު ދުވަސްވަރު ކަމަށްވާ 2015އިން 2022އަށް ސިޓީގައި ހޭދަކުރި މުއްދަތުގައި 159މެޗުން 58ލަނޑު ޖަހާފައިވެއެވެ. މީގެ އިތުރުން، ބްރެޒިލްގެ ގައުމީ ޓީމަށް 64މެޗު ކުޅެދީ 19ލަނޑު ކާމިޔާބުކޮށްދީފައިވީ ނަމަވެސް، ކުޅުން ދަށްވުމުގެ ސަބަބުން 2023ވަނަ އަހަރުން ފެށިގެން އޭނާއަށް ގައުމީ ސްކޮޑުން ވެސް ޖާގަ ލިބިފައެއް ނުވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު