ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެންމެ މޮޅު އަންހެން ކުޅުންތެރިޔާއަށް ވާދަކުރާ ނަންތައް ހާމަކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ދޭ އަހަރުގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވި ފަސް ކުޅުންތެރިންގެ ނަންތައް ރަސްމީކޮށް އާންމުކޮށްފިއެވެ.

މި ޝަރަފުވެރި އެވޯޑަށް ވާދަކުރާ ލިސްޓުގައި ހިމެނިފައިވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ތިން ކުލަބަކަށް ނިސްބަތްވާ ހުނަރުވެރި ކުޅުންތެރިންތަކެކެވެ. އެގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކުރެ ކޮންމެ ޓީމަކުން ދެ ކުޅުންތެރިން ހޮވިފައިވާއިރު، ދެން ހިމެނެނީ އޮޑި ސްޕޯޓްސް ކުލަބުގެ ކުޅުންތެރިއެކެވެ. 

އޮޑި ސްޕޯޓްސް އިން މި މަގާމަށް ނޮމިނޭޓްވެފައިވަނީ، ނިމިދިޔަ އެފްއޭއެމް ވިމެންސް ލީގުގެ އެންމެ މޮޅު ދިވެހި ކުޅުންތެރިޔާގެ މަގާމު ހާސިލުކުރި ފާތިމަތު ޝާލިޔާއެވެ. ޤައުމީ ފުޓްސަލް ޓީމުގެ ކެޕްޓަންކަމުގެ އިތުރުން ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ޝާލިޔާއަކީ ތަޖުރިބާކާރު ކުޅުންތެރިއެކެވެ. މީގެ އިތުރުން، ނިއުރޭޑިއަންޓްގެ ފަރާތުން މި އެވޯޑަށް ވާދަކުރަނީ ޤައުމީ ޓީމުގެ މިހާރުގެ ކެޕްޓަން މައީޝާ އަބްދުލް ހަންނާނާއި މަރިޔަމް ނޫރާއެވެ. އަދި މާޒިޔާއިން ވާދަކުރާ ދެ ކުޅުންތެރިންނަކީ ޤައުމީ ޓީމަށް ކުޅެމުން އަންނަ އައިމިނަތު ލީޒާއާއި ޝަޙްފާ ޝިއުތުއެވެ.

ކުލަބު ލެވެލްގައި އަންހެނުންގެ ފުޓުބޯޅަ މުބާރާތްތައް ނުބޭއްވި ގިނަ އަހަރުތަކެއް ވަންދެން އޮތުމަށް ފަހު، މިދިޔަ އަހަރު ވަނީ އަލުން އަންހެނުންގެ ލީގެއް ފަށާފައެވެ. އެފްއޭއެމް ވިމެންސް ލީގުގެ ނަމުގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ ތަށި އުފުލާލީ ފައިނަލްގައި އޮޑި ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިގެން މާޒިޔާއިންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު