ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ އަތޮޅު ފުޓުބޯޅަ މުބާރާތުގައި ވާދަކުރުމަށް ޝައުގުވެރިވާ ޓީމުތަކަށް އެ ފުރުސަތު، އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފިއެވެ.
އަންނަ މަހުގެ 17ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ފަސްކޮށްފައި ވަނީ، ވީހާ ވެސް ގިނަ ކްލަބްތަކަށް މުބާރާތުގައި ވާދަކުރުމުގެ މަގުފަހިކޮށްދިނުމުގެ ބޭނުމުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތުގެ ކުރިން ޒޯން ކޮލިފައިން މެޗުތައް މި މަހުގެ ތެރޭގައި ކުރިއަށްދާނެއެވެ.
އަތޮޅު މުބާރާތަށް ފަހު ސަރަހައްދީ ލީގުގެ ކުޅުން އަންނަ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، ރީޖަނަލް ލީގުގައި ވާދަކުރާ ޓީމުތަކަށް މާލީގޮތުން އެހީތެރިވުމަށް އެފްއޭއެމުން ވަނީ 1.4މިލިއަން ރުފިޔާގެ ބަޖެޓެއް ދޫކުރުމަށްވެސް ނިންމާފައެވެ. ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މި މުބާރާތްތަކަކީ އަތޮޅުތެރޭގެ ހުނަރުވެރި ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށް ފުޓުބޯޅައަށް ލޯބިކުރާ ގިނަ ފަރާތްތަކުން ދެކެއެވެ.
މީގެ އިތުރުންވެސް، ގައުމީ ފެންވަރުގައި ފުޓުބޯޅަ ކުރިއެރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމުތަކުން އަންނަނީ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކަށްވެސް ތައްޔާރުވަމުންނެވެ. އެގޮތުން ކިރިގިޒިސްތާނާއި ލުބުނާނާ ދެކޮޅަށް ރާއްޖޭން ކުޅުމަށް ހަމަޖެހިފައިވާކަން އެފްއޭއެމުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.