ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

"ތާރީޚު ދުށް އެންމެ މޮޅު ކުޅުންތެރިޔަކީ ހެރީ ކޭން"

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭން އަކީ އެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް މިޑްފީލްޑަރު ޖޫޑް ބެލިންހަމް ބުނެފިއެވެ.

ބެލިންހަމް މިހެން ބުނީ ޔޫއެފާ ނޭޝަންސް ލީގުގައި ޗެކިއާ (ޗެކް ރިޕަބްލިކް)އަތުން 3-0އިން އިނގިރޭސިން މޮޅުވި މެޗަށް ފަހުގައެވެ. އެ މެޗަކީ ގައުމީ ޓީމަށް ކޭން ކުޅެދިން 125ވަނަ މެޗެވެ.

މި މެޗާއެކު އުމުރުން 33އަހަރުގެ ކޭން ވަނީ އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީގެން ޕީޓާ ޝިލްޓަން ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފައެވެ. ތޯމަސް ޓޫހުލްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އިނގިރޭސި ޓީމަށް މި މެޗުގައި ކޭން ވަނީ ދެ ލަނޑު ޖަހައިދީ، މޮޅު ކުޅުމެއް ދައްކާފައެވެ. އަންނަ މަހުގެ އިންޓަނޭޝަނަލް ބްރޭކްގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ކޭން ކުޅެފިނަމަ، އޭނާއަށް ޝިލްޓަންގެ ރެކޯޑް މުގުރާލެވޭނެއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ބެލިންހަމް ވަނީ ކޭންއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އޭނާ ބުނީ ކޭންއާ ބެހޭގޮތުން އިތުރަށް ދައްކާނެ މާ ބޮޑު ވާހަކައެއް ނެތް ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި، ކެޕްޓަނެއްގެ ގޮތުންނާއި އިންސާނެއްގެ ގޮތުން ވެސް އޭނާއަކީ އާދަޔާހިލާފު މީހެއް. އޭނާއަކީ އިނގިރޭސި ޖޯޒީގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ. އޭނާއާ އެކު ކުޅެން ލިބުމަކީ އަހަންނަށް ލިބޭ ބޮޑު ޝަރަފެއް"ބެލިންހަމް ބުންޏެވެ.

ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑާ އެއްވަރުވުމާ ގުޅިގެން ކޭން ބުނީ މިއީ އޭނާގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށެވެ.

"މިއީ އަހަރެންގެ އެންމެ ބޮޑު އެއް ކާމިޔާބީ. ކެރިއަރުގައި އެތައް ކާމިޔާބީއެއް ލިބުނު ކަމުގައި ވިޔަސް، މިއީ އަހަރެން ހުވަފެނުގައިވެސް ތަޞައްވުރުކުރި ވަރަށްވުރެ ބޮޑު ކަމެއް. 125މެޗުގެ ރެކޯޑާ ހަމަކުރުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް. މިއީ މުޅި ޓީމުގެ މަސައްކަތް"ކޭން ބުންޏެވެ. 
ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު