ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިސްރާއީލާ ދެކޮޅުވުމުން ޔަހޫދީންގެ ރުޅިގަނޑު އަޔަލެންޑަށް

ޝެއާ ކުރޭ Facebook Telegram Viber X

ޔޫއެފާ ނޭޝަންސް ލީގުގައި އިޒްރޭލާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރިޕަބްލިކް އޮފް އަޔަލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހެއިމިރް ހާލްގްރިމްސަން އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފިއެވެ.

އޭނާ ބުނީ އަޔަލެންޑް ޓީމު މެޗަށް ނުކުންނަނީ އިޒްރޭލުގެ ލޭއޮހޮރުވުންތަކާއި ނަސްލުނައްތާލުމުގެ ޖަރީމާތަކުގެ ބައިވެރިއެއްގެ ގޮތުގައި ނޫން ކަމަށެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ހާލްގްރިމްސަން ބުނީ އެމީހުން މެޗަށް ނުކުންނަނީ އިޒްރޭލުން ހިންގާ ގަތުލުއާންމާ ދެކޮޅަށް ކަމަށެވެ. އަދި އިޒްރޭލުން ހިންގާ ލާނުސާނީ އަމަލުތަކުގެ ސަބަބުން އެ ގައުމާ ދެކޮޅަށް ކުޅެން އޭނާގެ އިތުރުން އަޔަލެންޑުގެ އެއްވެސް ކުޅުންތެރިއަކު ބޭނުންނުވާ ކަމަށް ވެސް އޭނާ ހާމަކުރިއެވެ.

"އަހަރެމެން ކުޅެނީ އިޒްރޭލާ ދެކޮޅަށް. އަހަރެމެން އިޒްރޭލާ އެކު ކުޅެނީއެއް ނޫން"

މީގެ އިތުރުން، ޔޫކްރޭނަށް ހަމަލާދިނުމުން ރަޝިއާ ސަސްޕެންޑް ކުރި ގޮތަށް، އިޒްރޭލާ މެދު ފިޔަވަޅު ނާޅައި ވަކި ގޮތަކަށް އަމަލުކުރަމުންދާތީ ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ)އަށް ވެސް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ހާލްގްރިމްސަންގެ މި ވާހަކަތަކާ ގުޅިގެން އިޒްރޭލުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ނުރުހުން ފާޅުކޮށް، އޭނާގެ ކިބައިގައި ހުރީ "ޖާހިލުކަމާއި މޮޔަކަން"ކަމަށް ބުނެ ރައްދު ދީފައެވެ. އެ އިދާރާއިން ބުނީ އެމީހުން ކުޅެނީ ޖާހިލުކަމާއި މަކަރުވެރިކަމާ އެކު ނޫން ކަމަށާއި، ނަމަވެސް އެފަދަ ސިފަތައް ހުރި ކޯޗަކާ ދެކޮޅަށް ކުޅެން ޖެހިފައިވާ ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ފަލަސްތީނުގެ ހައްގުގައި އެންމެ ވަރުގަދައަށް އަޑުއުފުލާ ގައުމަކީ އަޔަލެންޑެވެ. މީގެ ކުރިން ވެސް އެ ގައުމުގެ ކްލަބްތަކުން ވަނީ ފަލަސްތީނަށް ތާއީދުކޮށް ތަފާތު ހަރަކާތްތައް ހިންގާފައެވެ. ފާއިތުވި 78އަހަރުގެ ތެރޭގައި އިޒްރޭލުން ފަލަސްތީނުގައި ހިންގި ޖަރީމާތަކުގައި 200،000އަށް ވުރެ ގިނަ މީހުން މަރާލާފައިވާއިރު، އޮކްޓޯބަރު 2023ގެ ފަހުން އެކަނި ވެސް 70،000އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

އިޒްރޭލުގައި ސަލާމަތީ ރައްކާތެރިކަން ނެތުމުގެ ސަބަބުން އެ ގައުމުގެ ހޯމް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހަންރީގައެވެ. އަދި ޔޫއެފާއިން ވަނީ އަޔަލެންޑުގައި ކުޅެން އޮތް މެޗު ވެސް ސާބިއާއަށް ބަދަލުކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު