"އަހަރެމެންނަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުރުޞަތު ލިބިފައިވާ ބައެއް. އަހަރެމެން އެކަން ކުރާ ދުވަހަކީ ޔަގީނުން ވެސް ވަރަށް ޚާއްޞަ ދުވަހަކަށް ވާނެ."
ދެ ދަހަރަށް ވުރެ ދިގު މުއްދަތަކަށް ފަހު ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އުފަލާ އެކު، އެޒޭގެ ވާހަކަތަކުން ދޭހަވަނީ ހޮނިހިރު ދުވަހު ޔޫރަޕްގައި އިތުރު ކާމިޔާބީއެއް ހޯދުމަށް އާސެނަލް އޮތީ ވަރަށް ބޮޑަށް އިތުބާރާ އެކު ކަމެވެ.
އެޒޭގެ ވާހަކަތަކަކީ ބަލާބެލުމަށް އާދައިގެ ވާހަކަތަކެއްހެން ހީވިނަމަވެސް، އާސެނަލްގެ ނަންބަރު 10އަކީ އޭނާ ކުރާ އުންމީދުތައް ހަގީގަތަކަށް ހެދުމުގައި ބޮޑު ހިއްސާއެކެވެ.
އާސެނަލްއަކީ މިހާރު ހަމައެކަނި ކާމިޔާބީއާ ގާތްކުރާ ޓީމެއް ނޫނެވެ. އެއީ ގަބޫލުކުރާ، އަމަލުން ދައްކާ އަދި މޮޅުވާ ޓީމެކެވެ. އެހެންކަމުން ޗެމްޕިއަންސް ލީގު ފައިނަލްގެ ކުޅުން ފެށުމުގެ ކުރިން، އޭނާގެ އިތުބާރު ހުރި ލަފާކުރުންތަކަށް ސަމާލުކަން ދޭންޖެހެއެވެ. ސަބަބަކީ މީގެ ކުރިން ވެސް އޭނާގެ ލަފާކުރުންތައް ތެދުވެފައިވާތީއެވެ.
" އަހަރެންނަށް ކާމިޔާބު ކުރެވެން ހުރި ހުރިހާ އެއްޗެއް ކާމިޔާބުކުރަން ބޭނުންވޭ، އަދި ޕްރިމިއަރ ލީގް ކާމިޔާބުކުރަން ހުރިހާ މަސައްކަތެއް ކުރާނަން" އެޒޭ ބުނެފައި ވެއެވެ.
އަހަރެއް ފަހުން އޭނާ އެކަން ކާމިޔާބުކޮށް، އޭނާގެ ކުރީގެ ހޯމް ދަނޑު ، ސެލްހާސްޓް ޕާކްގައި ތަށި އުފުލައިލާ 22އަހަރުވީ ހިތްދަތިކަމަށް ނިމުން އައެވެ.
އާސެނަލްއަށް އަމާޒުވާ ފާޑުކިޔުންތަކަށް އެޒޭ ބުނެފައި ވަނީ މުހިންމީ ނަތީޖާކަމަށާއި މިހާރު އާސެނަލްގައި އެ އޮތީ ނަތީޖާ ދައްކައިދޭ ރޫޙެއް ކަމަށެވެ. އެހެންކަމުން ފާޑުކިޔުންތަކަށް އޭނާ ސަމާލުކަން ނުދޭ ކަމަށާއި ހުރިހާ ވެސް ވިސްނުމެއް އޮތީ ބުޑަޕެސްޓްގައި މާދަމާ ކުޅޭ ފައިނަލަށް ކަމަށެވެ. ހުވަފެނެއް ހަގީގަތަކަށް ހެދުމުގެ ނުވަދިހަ މިނެޓަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.