ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ދިވެހި ފެތުންތެރިން އުންމީދީ ނަތީޖާތަކެއް ނެރެފި

ޝެއާ ކުރޭ Facebook Telegram Viber X

ޖަޕާނުގެ ޓޯކިއޯ އެކުއަޓިކްސް ސެންޓަރުގައި މިއަދު ކުރިއަށްދިޔަ ފެތުމުގެ އިވެންޓްތަކުގައި، އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ވާދަކުރަމުންދާ ރާއްޖޭގެ ޤައުމީ ސްވިމިންގ ޓީމުން މުހިންމު ތިން ކެޓަގަރީއެއްގައި ބައިވެރިވެ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިފިއެވެ.

މި މުބާރާތުގައި ރާއްޖޭގެ ފަރާތުން މިއަދު އެންމެ ރަނގަޅު ނަތީޖާއެއް ނެރެފައިވަނީ، ފިރިހެނުންގެ 50މީޓަރު ބެކްސްޓްރޯކްގެ ފުރަތަމަ ހީޓުގައި ވާދަކުރި ޒުވާން އެތުލީޓް މުޙައްމަދު ރިހާން ޝިހާމްއެވެ. ޖުމްލަ 10ފެތުންތެރިންނާއެކު ވާދަކޮށް އޭނާ ރޭސް ނިންމާފައި ވަނީ 29.64ސިކުންތުންނެވެ. މިއީ އޭނާގެ އަމިއްލަ އެންމެ އަވަސް ވަގުތު ނުވަތަ ޕާސަނަލް ބެސްޓް އައުކުރި ރޭހަކަށް ވާއިރު، މި ހީޓުން އޭނާއަށް ލިބުނީ 9ވަނައެވެ.

މީގެ އިތުރުންވެސް ދިވެހި އެހެން ފެތުންތެރިން ވަނީ އެކި ހީޓުތަކުގައި ވާދަކޮށްފައެވެ. އެގޮތުން، އަންހެނުންގެ 50މީޓަރު ބެކްސްޓްރޯކްގެ ހަތަރުވަނަ ހީޓުގައި 10އެތުލީޓުންނާއެކު ވާދަކޮށް ރާއްޖޭގެ މަލައިކާ ލިންޑާ ޢިމްރާން ރޭސް ނިންމީ 35.90ސިކުންތުންނެވެ. އަދި ފިރިހެނުންގެ 100މީޓަރު ބްރެސްޓް ސްޓްރޯކްގެ ފުރަތަމަ ހީޓުގައި ވާދަކުރި ލޫތު މުޙައްމަދު ޙުސައިން ވަނީ 1މިނެޓާއި 11.69ސިކުންތުން ރޭސް ފުރިހަމަކޮށް، 6ބައިވެރިންގެ ތެރެއިން ފަސްވަނަ މަޤާމް ހާސިލުކޮށްފައެވެ.

މި މުބާރާތުގެ ކުރިއަށްހުރި އިވެންޓްތަކަށް ބަލާއިރު، މާދަމާ ވެސް ދިވެހި އެތުލީޓުން ތިން ކެޓަގަރީއެއްގައި ފަތާނެއެވެ. އޭގެ ތެރޭގައި އަންހެނުންގެ 100މީޓަރު ފްރީސްޓައިލްއާއި، އަންހެނުންގެ 200މީޓަރު ބެކްސްޓްރޯކްގެ އިތުރުން ފިރިހެނުންގެ 400މީޓަރުގެ އިންޑިވިޖުއަލް މެޑްލޭ ހިމެނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު