ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރަހުމަތްތެރިކަމުގެ މެޗުތަކަށް ޤައުމީ ފުޓުބޯޅަ ޓީމު ފުރައިފި

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން، ބައިނަލްއަޤްވާމީ ފީފާ ބްރޭކުގައި ޗައިނާ، ކިރިގިސްތާން އަދި ލުބުނާނާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުތަކަށް ރާއްޖޭގެ ސީނިއަރ ޤައުމީ ފުޓުބޯޅަ ޓީމު ފުރައިފިއެވެ.

މި ދަތުރުގައި ރާއްޖެއިން ޖުމްލަ ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެންމެ ފުރަތަމަ މި މަހުގެ 24ވަނަ ދުވަހު ޗައިނާގައި އެ ޤައުމުގެ ޤައުމީ ޓީމާ ދެކޮޅަށް ނުކުންނާނެއެވެ. އޭގެ ފަހުން ކިރިގިސްތާނަށް ދަތުރުކޮށް، މި މަހުގެ 28ވަނަ ދުވަހު އެ ޤައުމާ ދެކޮޅަށް ކުޅުމަށް ފަހު، އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ނުކުންނާނީ ލުބުނާނާ ދެކޮޅަށެވެ.

މި މެޗުތަކަށް އެކުލަވާލި ސްކޮޑަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، އަނިޔާގެ ސަބަބުންނާއި ސްކޫލް އިމްތިހާނުތައް އޮތުމުގެ ސަބަބުން މުހިންމު ބައެއް ކުޅުންތެރިންނަށް ވަނީ ފުރުސަތު ގެއްލިފައެވެ. އޭގެ ތެރޭގައި އުއްމީދީ ޒުވާން ކުޅުންތެރިޔާ މުޙައްމަދު އިލާން އިމްރާން ހިމެނެއެވެ. ޓީމުގެ ކޯޗު އުރުބާނީގެ އެހީތެރިއަކަށް ސޮބާހު މުހައްމަދު (ސޮބާ)ހަމަޖައްސާފައިވާއިރު، ޓީމުގެ ކެޕްޓަން ބޭންޑް ހަވާލުކޮށްފައިވަނީ ތަޖުރިބާކާރު ޑިފެންޑަރު ސަމޫހު އަލީއާއެވެ.

ރާއްޖެއާ ދެކޮޅަށް ނުކުންނަ ތިން ޤައުމަކީވެސް ފީފާ ރޭންކިންގގައި ރާއްޖެއަށްވުރެ ކުރީގައި އޮތް ވަރުގަދަ ޓީމުތަކެކެވެ. އެގޮތުން ޗައިނާ ދުނިޔޭގެ ރޭންކިންގގެ 91ވަނައިގައި (އޭޝިއާގެ 13ވަނަ)އޮތްއިރު، ކިރިގިސްތާން އޮތީ 106ވަނައިގައެވެ. (އޭޝިއާގެ 19ވަނަ)އަދި ލުބުނާން އޮތީ ދުނިޔޭގެ ރޭންކިންގގެ 107ވަނައިގައެވެ (އޭޝިއާގެ 20ވަނަ). 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު