ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިންޑިއާއިން ވިރާތާއި ރޯހިތަށް އަލުން ޖާގަދީފި

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ އަހަރު ބާއްވާ ކްރިކެޓް ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން، ވެސްޓް އިންޑީޒްއާ ދެކޮޅަށް އިންޑިއާއިން ނެރޭ ގައުމީ ކްރިކެޓް ޓީމުގެ ސްކޮޑުގައި އެ ގައުމުގެ އެންމެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ވިރާތު ކޯލީއާއި ރޯހިތު ޝަރުމާ ހިމަނައިފިއެވެ.

ޒުވާން ކުޅުންތެރިޔާ ޝުބްމަން ގިލްގެ ކެޕްޓަންކަމުގެ ދަށުން ކުޅޭ މި ޓީމުގައި މިހާރު ހިމެނިފައިވާ އުމުރުން 37އަހަރުގެ ވިރާތާއި 39އަހަރުގެ ރޯހިތަކީ، ޓެސްޓް އަދި ޓީ 20ފޯމެޓާ ދުރަށް ޖެހި، ހަމައެކަނި 50އޯވަރުގެ އެއްދުވަހުގެ މެޗުތަކުގައި ވާދަކުރަމުން އަންނަ ދެ ކުޅުންތެރިންނެވެ. މީގެ އިތުރުން، މިދިޔަ ޖެނުއަރީ މަހަށްފަހު ގައުމީ ޓީމާ ދުރުގައި ހުރި މޮޅު އޯލްރައުންޑަރު ރަވިންދުރަ ޖަޑޭޖާ ވެސް ވަނީ މި ފަހަރުގެ ސްކޮޑުން ޖާގަ ހޯދާފައެވެ. 

މި ސީރީޒްގައި އިންޑިއާގެ ޖާޒީގައި އަލަށް ފެނިގެންދާނެ ކަމަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި މީޑިއަމް ޕޭސް ބޯލަރު އާގިބް ނަބީއާއި ބެޓިން އޯލްރައުންޑަރު ނަމަން ދީރް ހިމެނެއެވެ. 

ކުރީގެ ކެޕްޓަން ރޯހިތަށް އަލުން ޓީމުން ފުރުސަތު ދީފައި މިވަނީ، އޭނާގެ ފިޓްނަސް މައްސަލަތަކާއި ފަހުގެ މެޗުތަކުގައި ދައްކާފައިވާ ދަށް ކުޅުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. އިނގިރޭސިވިލާތާ ދެކޮޅަށް މިދިޔަ ޖުލައި މަހު ކުޅުނު މެޗަށްފަހު އޭނާ ގައުމީ ޓީމަށް ކުޅެފައެއް ނުވެއެވެ. ދުނިޔޭގެ ޗެމްޕިއަންކަން މިހާރު ވެސް އޮތް އިންޑިއާ ޓީމުގައި ހިމެނިގެން އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުމަކީ ވިރާތާއި ރޯހިތުގެ ވެސް އެންމެ ބޮޑު އަމާޒެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު