ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފަރެސްމާތޮޑާ ބަލިކޮށް، ގދ.ގެ ޗެމްޕިއަންކަން ވާދޫން ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ރޭ ފަރެސްމާތޮޑާގައި ކުޅުނު ފައިނަލް މެޗުގައި 3-1ގެ ނަތީޖާއަކުން ފަރެސްމާތޮޑާ ބަލިކޮށް، މިއަހަރުގެ އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ގދ. އަތޮޅުގެ ޗެމްޕިއަންކަން ވާދޫން ހޯދައިފިއެވެ. 

ގދ. އަތޮޅުން މި މުބާރާތުގައި ވާދަކުރީ އެންމެ ދެ ރަށުން ކަމަށްވުމާއެކު، އަތޮޅުގެ ޗެމްޕިއަންކަން ކަށަވަރުކުރުމަށް ކުޅުނީ އެއް މެޗެވެ. މި މެޗުގައި ވާދޫ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ނާއިލް އާއި ޢަބްދުالله އާހިލް ޢަލީގެ އިތުރުން މުޙައްމަދު އިޔާދު ޢަލީއެވެ. ފަރެސްމާތޮޑާގެ ހަމައެކަނި ގޯލު ޖަހައިދިނީ ޢަލީ ޝަހުމެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ތަޢާރަފުކުރި އައު އޮނިގަނޑުގެ ދަށުން، މި މުބާރާތް ފަށާފައިވަނީ އަތޮޅު ލެވެލްގައެވެ. ކޮންމެ އަތޮޅެއްގެ ފައިނަލަށް ދާ ދެ ޓީމު ޒޯން މުބާރާތަށް ކޮލިފައިވާއިރު، ޒޯންތަކުގެ ގަދަ ދެ ޓީމަށް ރީޖަނަލް މުބާރާތުން ޖާގަ ލިބޭނެއެވެ. އަދި ރީޖަނަލް ޗެމްޕިއަނުން ވާދަކުރާނީ ނެޝަނަލް ޗެމްޕިއަންޝިޕްގައެވެ. އެ މުބާރާތުގެ ގަދަ ހަތަރު ޓީމަކަށް 2027ވަނަ އަހަރު ބާއްވާ މޯލްޑިވްސް ފުޓްސަލް ލީގުން ފުރުސަތު ލިބިގެންދާނެއެވެ. 

ކްލަބް މޯލްޑިވްސްގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި މުބާރާތުގެ އަތޮޅު ބުރުގައި ޖުމްލަ 59ޓީމު، 16އަތޮޅަކުން ވާދަކުރެއެވެ. އެންމެ ޓީމެއް ބައިވެރިވުމުގެ ސަބަބުން ކުޅުމަކާ ނުލައި މާފަންނު، ސ. ހިތަދޫ، ޏ. ފުވައްމުލައް، ށ. ކަނޑިތީމު އަދި ވ. ކެޔޮދޫ ވަނީ ޒޯން މުބާރާތަށް ދަތުރުކޮށްފައެވެ. މީގެ އިތުރުން ހއ. އިހަވަންދޫ، ބ. އޭދަފުށި، ރ. ދުވާފަރު، ޅ. ހިންނަވަރު، ނ. މަގޫދޫ، ހދ. ހަނިމާދޫ، އއ. މަތިވެރި، އދ. ދަނގެތި، ދ. މާއެނބޫދޫ، ކ. ގާފަރު، ފ. ނިލަންދޫ އަދި މ. ދިއްގަރާއި ތ. ތިމަރަފުށިން ވަނީ އެ ރަށްރަށަށް ނިސްބަތްވާ އަތޮޅުތަކުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު