ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބިސްބުރުގެ މައްޗަށް އީގަލްސްއިން ކުރިހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ މެޗުގައި، އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވި ބިސް ބުރު ސްޕޯޓްސް ކުލަބު 3-1ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު ކުލަބު އީގަލްސްއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ފުރަތަމަ ހާފުގައި އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ ސޯޅަވަނަ މިނެޓުގައި އާމިރު ޝުއައިބް އެލްސާދިގު މުޙައްމަދު ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ ފަހުން ތިރީސް ފަސްވަނަ މިނެޓުގައި ޒައިން ޒަފަރުގެ ލަނޑާއެކު އީގަލްސް އިން ނަތީޖާގެ ފަރަގު ބޮޑުކުރިއެވެ. ނަމަވެސް ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، 54ވަނަ މިނެޓުގައި މުޙައްމަދު ޒިދާން އީސާ ވަނީ ބިސް ބުރަށް ގޯލެއް ޖަހައިދީ އެ ޓީމަށް އުއްމީދެއް އާކޮށްދީފައެވެ.

އީގަލްސް އިން މެޗުގެ ތިންވަނަ ލަނޑު ޖަހައި މޮޅުވާނެކަން ޔަޤީންކުރީ 86ވަނަ މިނެޓުގައި ތަޖުރިބާކާރު ކުޅުންތެރިޔާ އިސްމާޢީލް އީސަ (މެސީ)ކާމިޔާބުކުރި ގޯލާއެކުގައެވެ. މިއީ މާލެ ރީޖަން ލީގު ނުވަތަ ދެވަނަ ޑިވިޝަންގެ ތަށި ހޯދައި، ކޮލިފައިން ކާމިޔާބުކުރުމަށް ފަހު ފުރަތަމަ ޑިވިޝަނުގައި ބިސް ބުރުން ވާދަކުރި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ގަލޮޅު ދަނޑުގައި ނުކުންނާނީ ބުރު ސްޕޯޓްސް ކުލަބާއި ހއ. ދިއްދޫއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު