ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސްކޮޑު ކުޑަވުމަކީ ވިކްޓްރީއަށް އޮތް އެންމެ ބޮޑު ގޮންޖެހުން: މޯހަން

ޝެއާ ކުރޭ Facebook Telegram Viber X

ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުތުމުގެ ކުރިން، ވިކްޓްރީ ސްޕޯޓްސް ކްލަބަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ޓީމުގެ ކުޅުންތެރިން މަދުވުންކަމަށް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ހާމަކޮށްފިއެވެ.

ފުރަތަމަ ޑިވިޝަންގެ ދިގު ސީޒަނަކާ ކުރިމަތިލާއިރު އެ ކްލަބުގެ ސީނިއާ ސްކޮޑުގައި ހިމެނެނީ އެންމެ ފަނަރަވަރަކަށް ކުޅުންތެރިންކަން ފާހަގަކުރަމުން، މުބާރާތުގެ ތެރެއިން އަނިޔާގެ މައްސަލަތަކާއި ސަސްޕެންޝަންތައް ކުރިމަތިވެއްޖެ ނަމަ އެއީ ޓީމަށް ކުރިމަތިވާނެ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްކަމަށް ތަޖުރިބާކާރު ކޯޗު ވަނީ ބުނެފައެވެ.

ކުޅުންތެރިންގެ އަދަދު މަދުވި ނަމަވެސް، ވިކްޓްރީއަކީ މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް އެންމެ ފުރިހަމައަށް ތައްޔާރުވި އެއް ކްލަބެވެ. އެގޮތުން ބިދޭސީ ހަތަރު ކުޅުންތެރިންނާ އެކު ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ޓީމަށް ގެނެސްފައިވާއިރު، މުބާރާތަށް ފަރިތަކުރުމުގެ ގޮތުން ސްރީލަންކާގައި ވަނީ ހާއްސަ ޓްރެއިނިންގ ކޭމްޕެއް ފުރިހަމަކޮށް، ރަހުމަތްތެރިކަމުގެ މެޗުތަކެއް ވެސް ކުޅެފައެވެ. މޯހަން ބުނިގޮތުގައި ވިކްޓްރީގެ އަމާޒަކީ ސީދާ ލީގު ޗެމްޕިއަންކަން ހޯދުމެވެ. އަދި ފުރަތަމަ މެޗުން ފެށިގެން ވެސް ޓީމުގެ ފަރާތުން ފެންނާނީ ވަރަށް ވަރުގަދަ ކުޅުމެއް ކަމަށް އޭނާ ޔަގީންކަން ދިނެވެ.

މީގެ އިތުރުން، މިއަހަރުގެ ލީގު ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅުމަށް ނިންމާފައިވުމަކީ އޭނާ ވަރަށް ކުރިއްސުރެ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުންކަމުގައި ޝިޔާޒް ވަނީ ސިފަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު