ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިންޑިއާއާ ދެކޮޅަށް ޖޮއާއޯ ޕެޑްރޯއާއި އެސްޓެވާއޯ ވެސް ކުޅޭނެ

ޝެއާ ކުރޭ Facebook Telegram Viber X

ކުރިއަށް އޮތް ބައިނަލްއަގުވާމީ ބްރޭކުގައި އޮސްޓްރޭލިއާ އާއި އިންޑިއާއާ ދެކޮޅަށް ބްރެޒިލް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑުން، އެންމެ ފަހުގެ ވޯލްޑް ކަޕްގައި ނުހިމެނޭ ޗެލްސީގެ ޖޮއާއޯ ޕެޑްރޯއާއި އެސްޓެވާއޯއަށް ޖާގަ ދީފިއެވެ.

ވޯލްޑް ކަޕުގެ ނާކާމިޔާބީއަށް ފަހު ބްރެޒިލް ޓީމު އަލުން ބިނާކުރުމަށް ކޯޗު ކާލޯ އަންޗެލޮޓީ ކުރަމުންދާ މަސައްކަތުގެ ދަށުން، މި ފަހަރުގެ ބްރޭކުގައި އެ ގައުމުން އެކުވެރިކަމުގެ ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އޮސްޓްރޭލިއާގައި އެ ގައުމާ ދެކޮޅަށް ކުޅޭ ދެ މެޗުގެ އިތުރުން، އިންޑިއާގައި އެ ގައުމާ ދެކޮޅަށް ކުޅޭ މެޗެކެވެ.

އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ބްރެޒިލް ސްކޮޑުން ޕެޑްރޯ އަށް ފުރުސަތު ނުލިބުނީ ނޭމާއަށް ޖާގަ ދިނުމުގެ ގޮތުން ކޯޗު ނިންމި ނިންމުމަކާ ގުޅިގެންނެވެ. އެ ނިންމުމާ ހެދި އަންޗެލޮޓީ އަށް ބޮޑެތި ފާޑުކިއުންތަކެއް ވެސް އަމާޒުވިއެވެ. އަދި އެސްޓެވާއޯއަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލުނީ އަނިޔާގެ ސަބަބުންނެވެ.

މި ފަހަރުގެ ސްކޮޑުގައި އަންޗެލޮޓީ ވަނީ މުޅިން އަލަށް ބައެއް ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގޯލްކީޕަރުން ކަމަށްވާ ޕެޑްރޯ މޮރިސްކޯއާއި އޮޓާވިއޯގެ އިތުރުން ޑިފެންޑަރު މައުރޯ ޖޫނިއާއެވެ. މީގެ އިތުރުން މިޑްފީލްޑަރުން ކަމަށްވާ ބްރެނޯ ބިޑޮންއާއި ގެބްރިއަލް ބޮންޓެމްޕޯއަށް ވެސް ވަނީ އަލަށް ޓީމުން ޖާގަ ދީފައެވެ.

ބްރެޒިލް ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން މާކީނިއޯސް، ވިނީޝިއަސް ޖޫނިއާ، ރަފީނިއާ އަދި ބްރޫނޯ ގީމަރޭސް ހިމެނެއެވެ. ނަމަވެސް، ދާދި ފަހުން ކުޅުން ހުއްޓާލި ނޭމާއާއި ކަސެމިރޯގެ އިތުރުން ގޯލްކީޕަރު އެލިސަން ބެކާ މި ފަހަރުގެ ސްކޮޑުގައި ނުހިމެނެއެވެ.

ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި ސެޕްޓެމްބަރު 25ވަނަ ދުވަހު އޮސްޓްރޭލިއާގެ ޓައުންސްވިލްގައި އެ ގައުމާ ދެކޮޅަށް ނުކުންނައިރު، ދެ ވަނަ މެޗު އޮންނާނީ ސެޕްޓެމްބަރު 29ގައި ބްރިސްބޭންގައެވެ. އަދި އިންޑިއާއާ ދެކޮޅަށް ކަލްކަތާގައި ކުޅޭ މެޗު އޮންނާނީ އޮކްޓޫބަރު މަހުގެ 3ވަނަ ދުވަހުއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު