ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބީޗް ވޮލީ ރެފްރީ އާއިދާއަށް ތާރީޚީ ފެށުމެއް

ޝެއާ ކުރޭ Facebook Telegram Viber X

ބޫޓާނުގައި ކުރިއަށްދާ ކާވާ ބީޗް ވޮލީބޯލް ޓުއާ - ބޫޓާން އޯޕަން 2026ގައި ފަސްޓް ރެފްރީއެއްގެ ގޮތުން އިންސާފުކޮށް، ބައިނަލްއަޤްވާމީ މުބާރާތެއްގައި ރެފްރީކަން ކުރި ރާއްޖޭގެ ފުރަތަމަ އަންހެން ބީޗް ވޮލީ ރެފްރީގެ ތާރީޚީ ޝަރަފު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނައިބު ރައީސް އާއިދާ ޢަބްދުލްޙަކީމް ހޯދައިފިއެވެ.

މި ތާރީޚީ ކާމިޔާބީ ފާހަގަކޮށް، ވީއޭއެމްއިން ވަނީ މިއީ މުޅި ދިވެހިރާއްޖޭގެ ވޮލީބޯޅަ އާއިލާއަށް ލިބުނު ވަރަށް ބޮޑު ފަޚުރެއްކަމަށް ބުނެފައެވެ. އަދި މިއީ ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހި އަންހެނުންނަށް ލިބިގެންދިޔަ ނުހަނު ބޮޑު ހިތްވަރެއްކަން ފާހަގަކޮށް، އެ އެސޯސިއޭޝަނުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. 

ވޮލީބޯޅައިގެ ހިންގުމުގެ ދާއިރާއާއި ކުޅިވަރު ކުރިއެރުވުމުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރަމުން އަންނަ އާއިދާ، ރެފްރީކަމުގެ ތެރެއަށް ނުކުމެފައިވަނީ 2015ވަނަ އަހަރު އިންޑޯ ވޮލީބޯޅަ ރެފްރީ ކޯހެއް ފުރިހަމަކުރުމަށްފަހުގައެވެ. އޭގެ ފަހުން އޭނާ ވަނީ، އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)ގެ ފަރާތުން ކަޒަކިސްތާނުގެ އަލްމާޓީގައި މިއަހަރުގެ މެއި 25އިން 31އަށް ކުރިއަށްގެންދިޔަ އޭޝިއަން ބީޗް ވޮލީބޯލް އިންޓަރނޭޝަނަލް ކެންޑިޑޭޓް ކޯސްވެސް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި ކޯސް ފުރިހަމަކުރުމާ އެކު، އޭނާ ވެގެން ގޮސްފައި ވަނީ ބައިނަލްއަޤްވާމީ ފެންވަރުގެ ބީޗް ވޮލީ ރެފްރީ ކޯހެއް ރާއްޖެއިން ފުރިހަމަކުރި ފުރަތަމަ އަންހެނާއަށެވެ. 

ވީއޭއެމްގެ ނައިބު ރައީސްކަމުގެ މަޤާމުގައި ވެސް ހުރެ، އާއިދާ ހޯދަމުންދާ މިފަދަ ކާމިޔާބީތަކަކީ ރާއްޖޭގެ ވޮލީބޯޅަ އާ ހަރުފަތަކަށް ކުރިއަރަމުން އަންނަކަމުގެ ސާފު ހެއްކެކެވެ. މިއީ މުޅި ޤައުމަށް ވެސް ލިބިގެންދިޔަ އުފަލެކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު